ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޙުސައިން މުނައްވަރުގެ “ފަތްމިނި” ގެނެސްދެނީ ޝަލަބީ އަދި ޝިފާ

ޙުސައިން މުނައްވަަރު (ކިޑޫ)ގެ ‘ކިޑް ޕްރޮޑަކްޝަން’ އިން ހިތްގައިމު ލަވައެއް ގެނެސްދޭން ތައްޔާރުވެ، އެ ލަވައިގެ ޓްރެއިލަރ އާއްމުކޮށްފިއެވެ. “ފަތްމިނި”ގެ ނަމުގައި ގެނެސްދޭ މި ހިތްގައިމު ލަވަ ރިލީޒްކުރާނީ މިމަހު 07ވަނަ ދުވަހުއެވެ. މިއީ މިވަގުތު، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ފިރިހެެން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ކިޔާފައިވާ ލަވައެކެވެ.

“ފަތްމިނި”ގެ ދޫކޮށްލާފައިވާ ޓްރެއިލަރ އިން ހިތްގައިމު މަންޒަރުތަކެއް ފެންނައިރު، ދުވެލާފައިވާ ދާ އަންހެން ކުއްޖެއް ފެނެއެވެ. އެ ކުއްޖާއާއި ޝަލަބީ އިބްރާހީމްގެ މަންޒަރުތަކެއް ދުރުދުރުން ދައްކާލާފައި ވެއެވެ. އެހެންކަމުން މި ލަވައިގެ ވީޑިއޯގައި ފެނިގެންދާ އަންހެން ކުއްޖާއާއެކު، އެކްޓްކޮށްފައިވަނީ ޝަލަބީކަން ޔަޤީންކުރެވެއެވެ.

މަޝްހޫރު ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯގައި ކުޑަ ައިއްބެ ކޮމްޕޯޒްކޮށް އެރޭންޖްކޮށްފައިވާ “ފަތްމިނި” ލަވައިގެ ލިރިކްސް އާއި ސްޓޯރީ ތައްޔާރުކޮށްފައިވަނީ އޭ.ޑަބަލިޔޫ އެވެ. ލަވައިގެ ކާސްޓުންނަކީ ޝަލަބީ އަދި ޝިފާ އެވެ.

“ފަތްމިނި” ލަވައިގެ ޑައިރެކްޝަން ހެދީ ޙުސައިން މުނައްވަރު އެވެ. މޭކަޕް އަދި ކޮސްޓިއުމް ޑިޒައިންކުރީ ރިޝްފާ އެވެ.

ލަވައިގެ ޓްރެއިލަރ އާއްމުކޮށްފައިވަނީ ޝަލަބީގެ އިންސްޓަގްރާމްގައެވެ.

 

View this post on Instagram

 

A post shared by Shalabee (@shalabeeibrahim)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top