ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ލިއޯން ރާއްޖޭގެ ހިތްގައިމުކަން ދައްކަނީ “އޯ ވަޒަން” ލަވަ ހިމަނައިގެން!

ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިވަގުތު ޗުއްޓީހޭދަކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ތަރި އަދި އެމްޓީވީ ސްޕިޓްސް ވިލާގެ ހޯސްޓު ސަނީ ލިއޯން ރާއްޖެ އައި ފަހުން، ދަތުރުގެ ފޮޓޯތަަކާއި ވީޑިއޯތައް ހިއްސާކުރުން ހުއްޓައެއް ނުލައެވެ. ސަނީގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ދާއިރު، ރާއްޖޭގެ ބައެއް ލަވަތައްވެސް ވީޑިއޯއާއެކު ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ޤައުމީ ލަވައެއް ކަމަށްވާ “އޯ ވަޒަން” ލަވަ ވެސް ހިމަނަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު ސަނީ ޑައިވްކުރާ ވީޑިއޯއެއް މިއަދުގެ ވަގުތެއްގައި ހިއްސާކޮށްފައި ވެއެވެ. އިންސްޓަގްރާމުގައި އެ ވީޑިއޯ ހިއްސާކުރަމުން ސަނީ ބުނީ ކަނޑުއަޑީގެ މަންޒަރުތަކާއި ޖަންގަލި ދެކެ އޭނާ ލޯބިވާ މިންވަރު ބަޔާންކުރަން ވެސް ދަތި ކަމަށެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ސަނީގެ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރަމުން އަންނަ އިރު، ފޭނުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބަށް އޭނާ ޝުކުރުއަދާކޮށްފައިވެއެވެ. ސަނީ މިއަދު ހިއްސާކުރި ވީޑިއޯ އަޕްލޯޑްކުރިތާ ގަޑިއެއްހައި އިރު ތެރޭގައި ލައްކައަކަށް ވުރެން ގިނަ ވިއުޒް ލިބިފައިވެއެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ސަނީ ލިއޯން އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސް މީގެ ހަތަރުމަސް ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ. އެފަހަރު އޭނާ ޗުއްޓީ ހޭދަކުރީ ސަން ޝިޔާމް އޮޅުވެލިފުށީގަ އެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top