ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޫރްޔަވަންޝީ އަލުން ސިނަމާތަކަށް

ކޮވިޑް ގެ ހާލަތާއި ގުޅިގެން އައު ފިލްމެއް ރިލީޒްކުރަނީ ނެތުމުން، ގުޖުރާތު ސަރުކާރުން މިވަނީ  އަންނަ ‘މަކަރް ސަންކުރަތީ’އާ ދިމާކޮށް “ސޫރްޔަވަންޝީ” އަލުން ރިލީޒްކުރަން ނިންމާފައެވެ.

މި ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރުއާއި ކެޓްރިނާ ކެއިފް ހަރަކާތްތެރިވާ ފިލްމެކެވެ.
ގުޖުރާތު ސަރުކާރުން ބުނިގޮތުގައި މި ފިލްމަކީ ކުރިންވެސް ބޮޑު ހިޓެއްހޯދާފައިވާ ފިލްމެއް ކަމަށެވެ.

މިހާރުގެ ޙާލަތުން ބޮޑެތި ފިލްމުތައް އަޅުވާ ތާރީޚްތައް ލަސްވަމުން ދިއުމާއި ތިއޭޓަރު ތަކުގައި ފިލްމުތައް އެޅުވެމުން ނުދާތީ މި ފިލްމު އަޅުވަނީ ނިންމީ ކަަމުގައި ވެސް ގުޖުރާތު ސަރުކާރުން ބުނެފައިވެއެވެ.

“ސޫރްޔަވަންޝީ”އަކީ ދެވަނަ ފުރަބަންދަށް ފަހު ބޮޑު ބަޖެޓަކާއި އެކު ނެރެވުނު ފުރަތަމަ ފިލްމުކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެހެންކަމުން މި ފިލްމަށް ބޮކްސްއޮފީހުގައި އަނެއްކާވެސް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުވެސް ވަރަށް ބޮޑެވެ.

އަކްޝޭ ކުމާރުއާއި ކެޓްރިނާ ކެއިފުގެ އެކްޝަން ޑުރާމާ ފެނިގެންދާ މިފިލްމު ގެ ސަބަބުން ބެލުންތެރިން ސިނަމާތަކަށް އަލުން ގެނެވޭނެ ކަމަށް ޚަބަރުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top