ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެ ދަހަރެއްހައި ފަހުން ރިތިކާއި ކަރީނާ އެކުގައި ފިލްމަކުން!

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް އަލުން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި ދެތަރިން އެކުގައި ފެނިގެންދާނީ ޖަންގްލީ ޕިކްޗާޒްގެ “އުލަޖް” އިންނެވެ.

މި ފިލްމުގެ ސްކްރިޕްޓް ކިޔައިލުމަށް ކަރީނާއަށް ޖަންގްލީ ޕިކްޗާޒް އިން ވަރަށް އަވަހަށް ހުށައަޅާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހުރިހައި ކަމެއް ފައިނަލްވެގެން ދާނީ އޭގެ ފަހުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބައެއް މަސްދަތުތައް ބުނާގޮތުން ރިތިކްގެ އާނ ބަހާއި ކަރީނާގެ އާނ ބަސް ލިބުނުހާ އަވަހަކަށް ފިލްމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ޕްރޮޑިއުސަރުން ފަށާނެއެވެ. ބޮޑު ބަޖެޓެއްގެ މި ފިލްމުގެ ޝޫޓިން އޮންނާނީ މުންބާއީ އިން ބޭރުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކަރީނާ އާއި ރިތިކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ކަރަންގެ 2001 ގެ “ކަބީ ހުޝީ ކަބީ ގަމް” އާއި ހަމަ އެ އަހަރު ސުބާޝް ގާއީ ގެނެސްދިން “ޔާދޭ” ގެ އިތުރުން ސޫރަޖް ބަރްޖަތިއާގެ 2003 ގެ “މޭ ޕްރޭމް ކީ ދީވާނީ ހޫ” ހިމެނެ އެވެ.

  • ދަހަރު: ދިހަ އަހަރު (ޑިކޭޑް)
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top