ބިގްބޮސް 15 ރޭ ނިންމާލި އިރު ބިގްބޮސް15 ގެ ޓައިޓްލް ގެންދިޔައީ ތޭޖަސްވީ ޕްރަކާޝްއެވެ.
ފަހު 5 ބައިވެރިންނާއެކު ރޭ ފެށި ފިނާލޭގައި ކުރީގެ 6 ސީޒަނެއް ކާމިޔާބު ކުރި 6 ބައިވެރިންގެ ހުށަހެޅުމަކާއެކު ހާއްސަ ޓާސްކެއް ގެނެސްދިނެވެ. މި ޓާސްކް ގައި ދިހަލައްކަ ރުޕީސް ބްރީފްކޭސް އާއެކު 5 ބައިވެރިނަށް ފުރުސަތު ހުޅުވާލީ ވަގުތުން ގެއިން ނުކުތުމަށެވެ. މި ދިހަލައްކަ ބްރީފްކޭހާއެކު ބިގްބޮސްގެ ގެއިން ނިކުތީ ކޮރެއޯގްރާފަރ ނިޝާންތްްު ބަޓްއެވެ. 4 ބައިވެރިންނަށް ވީ އިރު 4 ބައިވެރިންގެ ތެރެއިން 3 ބައިވެރިންނަށް ކުޑަކުރުމަށް ގެންދެވުނު ޓާސްކުން ކަޓާފައިވަނީ ޝައްމިތާ ޝެޓީއެވެ.
ފަހު 3 ބައިވެރިންގެ ތެރެއިން 3 ވަނަޔަށް ގޮސްފައިވަނީ ފިލްމީތަރި އަދި އެމްޓީވީގެ ޝޯ ހޯސްޓް ކަރަން ކުންދްރާއެވެ. ފަހު ދެ ބައިވެރިންނަކީ ޕްރަތީކް ސެހެޖްޕާލް އާއި ތޭޖަސްވީ ޕްރަކާޝްއެވެ. ޓައިޓްލް ކާމިޔާބު ކުރީ ތޭޖަސްވީ ޕްރަކާޝްއެވެ.
ރޭ ގެ ޝޯވ ގައި ބިގްބޮސް 13ގެ އެންމެންގެ އެކުވެރި ޕަންޖާބީ ކެޓްރިނާ، ޝެހެނާޒް ގިލްގެ ހާއްސަ ފެނިލުމެއް ގެނެސްދެވުނެވެ. މި ފެނިލުމުގައި ނިޔާވެފައިވާ ބިގްބޮސް 13 ހާސިލްކުރި ސިދާތު ޝުކްލާގެ ހަނދާންތައް އާކޮށްފައިވެއެވެ..
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




