ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޯން އަބްރަހަމްގެ “އެޓޭކް” ރިލީޒްކުރާނެ އައު ތާރީޚު ހަމަޖައްސައިފި

އެންމެ ފަހުން “ސަތުޔަމޭވަ ޖަޔަތޭ 2 (2021)ން ފެނިގެން ދިޔަ ޖޯން އަބްރަހަމް މިވަގުތު އިންތިޒާރުކުރަމުން އަންނަނީ އޭނާގެ ފިލްމު “އެޓޭކް” ރިލީޒްކުރާނެ ތާރީޚަކަށެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ވަރުގަދަ ބާރުތަކެއް ލިބިފައިވާ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

ލަކްޝްޔާ ރާޖް އާނަންދު ޑައިރެކްޓްކޮށްފަައިވާ “އެޓޭކް”ގައި ޖެކްލީން ފެނާންޑޭޒް އަދި ރަކްލް ޕްރީތު ސިންހ ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ. މި އެކްޝަން-ތުރިލަރ އުފައްދާފައިވަނީ ރަހީނުކުރުމުގެ ހާދިސާތަކެއްގައި ހިނގާފައިވާ ޙަޤީޤީ ހާދިސާތަކަކަށް އިންސްޕަޔަރ ވެގެންނެވެ.

މިހާރު އާއްމުކޮށްފައިވާ ޓީޒަރއިން ފެންނަ ގޮތުން، ޖޯން އަބްރަހަމް ފެނިގެންދާނީ ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ އާޓިފިޝަލް އިންޓެލިޖެންސް ސުޕަރ-ސޯލްޖާއެއްގެ ރޯލުންނެވެ. ރަކްލް ޕްރީތު ސިންހ ފެންނާނީ ސައިންޓިސްޓެއްގެ ގޮތުގައެވެ. އަދި ޖެކްލީން ފެންނާނީ ފްލައިޓް އެޓެންޑެންޓެއްގެ ރޯލުންނެވެ.

އެހެން ފިލްމުތަކެކޭ އެއްފަދައިން، ސިނަމާތަކާއި ހަމައަށް “އެޓޭކް” ގެންނާނެ ތާރީޚަށް މިވަނީ ފަސްކުރުން ތަކެއް ކުރިމަތިވެފައެވެ. އެންމެ ފުރަތަމަ، މި ފިލްމު ރިލީޒްކުރަން ނިންމީ އިންޑިއާގެ ޖުމްހޫރީ ދުވަސް، ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން މިހާރު މި ފިލްމު ރިލީޒްކުރާނެ އައު ތާރީޚެއް މިވަނީ ކަނޑައަޅާފައެވެ. އެއީ 01 އޭޕްރީލް 2022 ވަނަ ދުވަހެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top