ބޮލީވުޑް ސުޕަސްޓާ އަމީތާބް ބައްޗަންގެ ދަރިފުޅު، އަބީޝެކް ބައްޗަން އޭނާގެ އާ ފިލްމު ”ގޫމަރް“ ގެ ޝޫޓިންގ ފަށައިފިއެވެ.
މިއަދު ފާހަގަކުރާ އޭނާ 46 ވަނަ އުފަންދުވަހާއި ގުޅުވައި އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ޝޫޓިންގ ފެށިކަން ހާމަކޮށްފައިވާއިރު، ފިލްމާއި ގުޅޭ އިތުރު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމަކީ ތަފާތު އަދި މޮޅު ފިލްމުތަކެއް އުފައްދަމުން އަންނަ އާރް ބާލްކީ ޑައިރެކްޓްކުރާ ފިލްމެކެވެ.
މިއީ އަބީޝެކް، އާރް ބާލްކީއާއެކު މަސައްކަތްކުރާ ދެވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. ކުރިން މި ދެމީހުން އެކުގައި މަސައްކަތްކުރި ފިލްމަކީ އަބީޝެކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ”ޕާ“ އެވެ. އަބީޝެކް އާއެކު ”ޕާ“ ގެ ލީޑުން ފެނިގެންދިޔައީ އޭނާގެ ބައްޕަ އަމީތާބް ބައްޗަން އާއި ވިދްޔާ ބާލަންއެވެ.
އަބީޝެކް އެންމެފަހުން ފެނުނު ފިލްމަކީ މިދިޔަ ޑިސެމްބަރު 3 ގައި ޒީ5 އިން ރިލީޒްކުރި ”ބޮބް ބިސްވާސް“ އެވެ. ”ގޫމަރް“ ގެ އިތުރުން އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު މަސައްކަތް އެއްކޮށް ނިމިފައި އޮތް ”ދާސްވީ“ އާއި ޝޫޓްކުރަމުން އަންނަ ”އެސްއެސްއެސް-7“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




