ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު އަދީލް ޗޯދަރީ އާއި އަރިޖް މުޙީއްދީން ލީޑުން ފެނިގެންދާ ޑްރާމާ ސިލްސިލާ ”ރޯގް“ ފަށަން ތައްޔާރުވެއްޖެއެވެ.
ޑްރާމާގެ ޕްރޮމޯތައްވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ މި ޑްރާމާގައި އަދީލް އާއި އަރިޖްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނަ ތަރިންގެ ތެރޭގައި އަރީޒް އަޙްމަދު، ރައިމާ ޚާން، ސައިމާ ޤުރޭޝީ، މަންޒޫރް ޤުރޭޝީ، ހަފްސާ ބަޓް، ސުބްހާން އަވާން އަދި މަރިޔަމް ތިވާނާ ހިމެނެއެވެ.
”ރޯގް“ ގައި ކިޔައިދެނީ މުސްކާން ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ވާހަކައެވެ. އޭނާގެ ދިރިއުޅުމުގެ އަޑިގުޑަންތަކާއި އުސްގަނޑުތަކުގެ ވާހަކަ މި ޑްރާމާގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ޚަބަރުތައް ބުނެއެވެ.
މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އާއި މޫމަލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ”ރޯގް“ އަކީ ހުމާ ހީނާ ނަފީސް ލިޔެ، މިސްބާހް ޚާލިދު ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.
މާދަމާ ރޭ ހަމް ޓީވީއިން މި ޑްރާމާ ދައްކަން ފަށާއިރު، ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ރެޔާއި ހަމައަށް ރާއްޖެ ގަޑިން 9:00 ގައެވެ. އޭގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ”ރޯގް“ ގެ އެޕިސޯޑުތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




