ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހިދު ކަޕޫރްގެ އަގު މައްޗަށް ޖައްސާލައިފި

ފިލްމު “ޓައިގަރ ޒިންދާ ހޭ” (2017)ގެ ޑައިރެކްޓަރު ޢަލީ އައްބާސް ޒަފަރްގެ ކުރިއަށް އޮތް ޕްރޮޖެކްޓްގައި މަސައްކަތްކުރުމަށް ޝާހިދު ކަޕޫރް، ޢަލީ އައްބާސް ޒަފަރާއި ގުޅިއްޖެއެވެ. ޝާހިދު ކަޕޫރް މި ފިލްމު ކުޅެދޭން އެއްބަސްވެފައި ވަނީ 38 ކްރޯޑް ރުޕީސްއަށެވެ.

“މޭޑް ރައިޑް އޮފް ވެޕަންސް އެންޑް ގޭންގް” މި ފިލްމަކީ ޝާހިދު އަދި ޢަލީ އައްބާސް އެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.

ޝާހިދު ކަޕޫރް ފިލްމު ކުޅެދޭނެ އަގު ބޮޑުކުރާނެ ކަން މީގެ ކުރިން އިޢުލާނުކޮށްފައިވެއެވެ. އެގޮތުން ޢަލީ އައްބާސް ޒަފަރްގެ ފިލްމަށް ޝާހިދު މިވަނީ ކުރިން އޭނާ ކުޅެދޭ އަގަށް ވުރެން ބޮޑު އަގެއް ކިޔާފައެވެ. ކުރިން އޭނާ ފިލްމެއް ކުޅެދެނީ 31 ކްރޯޑް ރުޕީސް އަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޢަލީ އައްބާސް ޒަފަރް ހަދަން އުޅޭ ފިލްމަކީ ފަރަންސޭސި ފިލްމު “ނަވީ ބްލާންޗް”ގެ ރީމޭކެކެވެ. މީގެ ކުރިން މި ފިލްމަށް ތަމަޅަ ފިލްމަކާއި ތެލުގޫ ފިލްމެއް ހަދާފައިވެއެވެ. އެއީ “ތޫންގާ ވަނަމް” (2015) އަދި “ޗީއްކަޓީ ރާއްޖިއަމް” (2015) އެވެ. މި ދެ ފިލްމުގައިވެސް ކަމަލް ހަސަން ހަރަކާތްތެރިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top