މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަނުން ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ހޯދި ހަސަން އިރުފާން (ޒަކިއްޓެ)ގެ އައު ސިންގަލް ލަވަ “ފާތިމާ” ނެރެފިއެވެ. ޒަކިއްޓެގެ “ފާތިމާ” އަކީ އޭނާ ނެރެން ތައްޔާރުވަމުން އަންނަ ލަވަ އަލްބަމް ‘އެގާރަ 11‘ގެ ލަވައެކެވެ.

ޒަކިއްޓެގެ ހިތްގައިމު އަމިއްލަ ރާގުގެ އިތުރުން އަމިއްލަ ޅެންވެރިކަމާއެކު އުފައްދާފައިވާ “ފާތިމާ” ރިލީޒްކޮށްފައިވަނީ ސައުންޑްކްލައުޑް އަދި ލަވަފޮށި އެޕްލިކޭޝަންގައެވެ. ރިލީޒްކޮށްފައިވާ ވާރޝަން އަކީ ލަވަ އަލްބަމް ‘އެގާރަ 11‘ގައި ހިމަނާ ވާރޝަން ނޫންކަމަށް މުނިއަވަސް އަށް ޒަކިއްޓެ ބުނެފައިވެ އެވެ.

ޒަކިއްޓެގެ އަމިއްލަ ރާގުތަކެއް ހިމެނޭ ‘އެގާރަ 11‘ އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ.

“އެގާރަ 11 ފޭސް ވަން ގަ ނެރޭނެ 3 ލަވަ. މިއީ ފުރަތަމަ ލަވަ. ދެވަނަ ލަވައަކީ ‘ހީވާހެން’ އަދި ތިންވަނަ ލަވައަކީ “ޑިއްބި ޑިއްބި'” ޒަކިއްޓެގެ ހިތްގައިމު “ފާތިމާ“ގެ އިތުރު މަޢުލޫމާތުތައް މުނިއަވަސް އާ ހިއްސާކުރަމުން ބުނެފައިވެއެވެ.

“‘އެގާރަ 11‘ގަ އިންނާނެ ތިން ފޭސް. އަލްބަމް އެއްކޮށް ލޯންޗްކުރާނީ މި އަހަރު ނޮވެމްބަރުގަ.” ޒަކިއްޓެގެ މި ހިތްގައިމު އަލްބަމް ރިލީޒްކުރާނެ ތާރީޚާއި އަލްބަމްގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން ފާހަގަކުރިއެވެ.

މިއަދު ރިލީޒްކޮށްފައިވާ “ފާތިމާ” ލަވަ ކޮމްޕޯޒްކޮށްފައިވަނީ ޙުސައިން ތަޢުފީޤް އެވެ. މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، ސައުންޑްކްލައުޑަށް ލާފައިވާ ލަވަ އަޑުއެހުމަށްފަހު އެހުންތެރިންގެ ތަޢުރީފުގެ ކޮމެެންޓްތައްް ބަންޑުންޖަހަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.