ބޮލީވުޑްގެ ޒުވާން ބަތަލު ޓައިގާ ޝްރޯފް ލީޑް ރޯލު ކުޅެފައިވާ ”ހީރޯޕަންތީ 2“ ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިއަދު ޕްރޮޑިއުސަރު ސާޖިދު ނާދިއާޑްވާލާގެ ފިލްމު ކުންފުނި، ނާދިއާޑްވާލާ ގްރޭންޑްސަންގެ މީސްމީޑިއާ މަންސަތަކުގައި ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު، މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުން ޔޫޓިއުބުން މި ޓްރެއިލާ ބަލާފައިވެއެވެ.
ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ރޮމޭންޓިކް އެކްޝަން ތުރިލާގައި ޓައިގާގެ އިތުރުން އިސް ރޯލުތަކުން ފެނިގެންދާނީ ތާރާ ސުތާރިއާ އާއި ނަވާޒުއްދީން ސިއްދީޤީއެވެ. އަދި އަމްރީތާ ސިންގ އާއި ޒާކިރު ޙުސައިން ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
ނަވާޒުއްދީންގެ ވަރަށް ތަފާތު މޮޅު އެކްޓިންގއެއް ފެނިގެންދާ ”ހީރޯޕަންތީ 2“ އަކީ 2014 ގައި ޓައިގާ ބޮލީވުޑަށް ތަޢާރަފުކުރި ފިލްމު ”ހީރޯޕަންތީ“ ގެ ސީކުއެލްއެކެވެ. އެ ފިލްމުގައި ބަތަލާގެ ބައި ކުޅުނީ އެ ފިލްމުން ބޮލީވުޑަށް ތަޢާރަފުކުރި ކްރިތީ ސަނަންއެވެ. ފިލްމު ޑައިރެކްޓްކުރީ 2009 ގެ ފިލްމު ”ކަމްބަކްތު އިޝްޤް“ އިން ޑައިރެކްޝަނަށް ނުކުތް ޝައްބީރް ޚާންއެވެ.
”ބާޣީ 2“ އަދި ”ބާޣީ 3“ ފަދަ ފިލްމުތައް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އަދި ކޮރެއޯގްރާފަރު އަޙްމަދު ޚާން ޑައިރެކްޓްކޮށްފައިވާ ”ހީރޯޕަންތީ 2“ ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ ފިތުރު ޢީދާއި ދިމާކޮށް އަންނަ އޭޕްރިލް މަހުގެ 19 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




