މާރިޗު 16، 2022، ކޭންސް ފްރާންސް – ދިވެހިރާއްޖޭގެ ހަދަމުންދާ ފްލޯޓިންގް ސިޓީ، ބައިނަލްއަޤްވާމީ ފަހުރުވެރި އެވޯޑެއްކަމުގައިވާ އެމް.އައި.ޕީ.އައި.އެމް އެވޯޑަށް ޝޯޓްލިސްޓް ވެއްޖެއެވެ. މި އެވޯޑަށް މަޝްހޫރުވެފައިވަނީ ”އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް“ގެ ގޮތުގައެވެ.
މޯލްޑިވްސް ފްލޯޓިންގް ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ ’ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް‘ ކެޓެގަރީއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ. މި އެވޯޑު ލިބޭ ޕްރޮޖެކްޓް 17 މާރިޗު 2022ގައި އިއުލާނުކޮށްފައިވެ އެވެ.
މޯލްޑިވްސް ފްލޯޓިންގް ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހެދޭ އީޖާދީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓެކެވެ. އެންމެ ޒަމާންވީ ނެދަލެންޑްސްގެ ފްލޯޓިންގް ޓެކްނޯލޮޖީ އާއެކު ހެދޭ މި ސިޓީގައި 5000 ފްލޯޓިންގް ހައުސިންގް ޔުނިޓް ފަޅުގައި އަތުރާލެވޭނެއެވެ. މި ޔުނިޓްތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށެވެ.
އެމް.އައި.ޕީ.އައި.އެމް ޕްރޮޖެކްޓްއަށް ޝޯޓްލިސްޓް ވެފައިވާ އަނެއް 3 ޕްރޮޖެކްޓްއަކީ: ބާސެލޯނާގައި ހުންނަ ކުރީގެ މާރސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓަކަށް ބަދަލުކުރާ ޕްރޮޖެކްޓަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔަރސް ކެމްޕަސްއަކާއި، ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެކެވެ.
”އެމް.އައ.ޕީ.އައި.އެމް. އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދެވޭ އެންމެ ފަހުރިވެރި އެވޯޑް. މޯލްޑިވްސް ފްލޯޓިންގް ސިޓީ މި އެވޯޑުގެ އެންމެ ފަހުގެ ހަރުފަތަކަށް ދެވުމަކީ މި ޕްރޮޖެކްޓާ މެދު އިތުބާރު އިތުރުވެ، ބޭނުންކުރެވޭ ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް. މި އެވޯޑުގެ އެންމެ ފަހު ސްޓޭޖަށް ދެވުނީތީ އަޅުގަނޑުމެން އުފާކޮށް ފަހުރުވެރިވަން“ މި އެވޯޑުގެ އެންމެ ފަހު ހަރުފަތަށް ވާސިލްވުމާ ގުޅިގެން، މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ޑިރެކްޓަރ އިބްރާހިމް ރިޔާޒް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




