މޯލްޑިވްސް ސޮސައިޓި ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެން މި މަހުގެ 10 ން 23 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ސްކްރިޕްޓް ރައިޓިން ވޯކްޝޮޕު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެމްއެސްޕީއޭ ސްކްރިޕްޓް ރައިޓިން ވޯކްޝޮޕުގެ ނިއްމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބޭއްވީ މިމަހުގެ 23 ވަނަ ދުވަހުގެރޭ 08:30ގައި ހެންވޭރު ދަނޑުގައި ހުންނަ ޔޫތު މިނިސްޓްރީގެ އިމާރާތުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްބީސީގެ އެމްޑީ ޢަލީ ޚާލިދު އެވެ.
ޕާފޯމިން އާޓްސްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް އިސްކަން ދީގެން އުފައްދާފައިވާ އެމްއެސްޕީއޭ އިން ބޭއްވި މި ވޯކްޝޮޕްގައި ކިޔަވައިދިނީ އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަވާ ހަރްޝް އާނަންދުއެވެ. އޭނާއަކީ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ.
ސްކްރިޕް ރައިޓިން ވޯކްޝޮޕްގައި ލިޔުންތެރިކަމަށް ޝައުޤުވެރިވާ ބައެއް ފަރާތްތަކާއި ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން މީހުން ބައިވެރިވެފައިވެއެވެ.
މި ރަސްމިޔާތުގައި ހަރްޝް އާނަންދުގެ ސެންސޭޝަނަލް މީޑިއާއިން ނެރެމުން އަންނަ ’ދަ ބޮލީވުޑް ފޭސަސް‘ މަޖައްލާގެ 47 ވަނަ އަދަދު ނެރުންވެސް ކުރިއަށް ގެންދެވުނެވެ. މިއީ މޯލްޑިވްސް ސޮސައިޓި ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އާއި ގުޅިގެން ސެންސޭޝަނަލް މީޑިއާއިން ނެރެފައިވާ މަޖައްލާއެކެވެ.
މުޅިން ހިލޭ ހިންގި މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުކަމާއެކު ބޮޑަށްް ޒުވާނުން މި ހުނަރުގެ ތެރެއަށް ވެއްދުމަށް ބާރު އެޅުން ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




