ތަފާތު ސްޓައިލެއްގައި އުފައްދާފައިވާ ވެބް ސީރީޒް “އޮފީސް ލޯބި” ބައިސްކޯފުގައި ދައްކަން ފަށައިފިއެވެ. “އޮފީސް ލޯބި”ގެ ފުރަތަމަ އެޕިސޯޑް ރިލީޒްކުރީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އަމީނާ މުޙައްމަދު (އަމީ) ލިޔެ ޑައިރެކްޓްކޮށްފައިވާ “އޮފީސް ލޯބި”ން އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެކެވެ.

ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ވެސް ތަޢާރަފުކޮށްފައިވާ މި ސިރީޒްގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ހިމެނެއެވެ.

މިއަދު ރިލީޒްކޮށްފައިވާ ފުރަތަމަ އެޕިސޯޑުގައި ޔަމްގެ ތަފާތު އެކްޓިންއެއް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ސިޓްކޮމްގައި ކުޑޭގެ ކެރެކްޓަރ އިން ބެލުންތެރިން ހެއްވައިލި މުޙައްމަދު އަފްރާހް، މި ސީރީޒްގައި ފިކުރީގެ ގޮތުގައި ދައްކާފައިވާ ކެރެކްޓަރ އަކީ ނިކަން ގޮތެއް ހުންނަ ތަފާތު ކެރެކްޓަރއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

”އޮފީސް ލޯބި“ މިއީ އޮފީސް މާހައުލުގަ ހިނގާ އެކިއެކި ކަންތައްތަކާ ގުޅުވާލައިގެން ހަދާފަވާ ސީރީޒެއް. ކުޑަކޮށް ކޮމެޑީ ވާނެ.“ ސީރީޒްގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން އަމީ ބުންޏެވެ. އަމީ އިތުރަށް ބުނީ މި ސީރީޒުން ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ނެރުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.