ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަމްސް ބްޓީކް” މިމަހު 07 ގައި ބައިސްކޯފަށް

“ލަމްސް ބްޓީކް މި ޝޯވގަ މި ގެނެސްދެނީ ލަމްގެ ލޯބިލޯބި ފަންނާނުންގެ ފެހުމުގެ ހުނަރު.” ބައިސްކޯފުން މިއަދު އާއްމުކޮށްފައިވާ “ލަމްސް ބްޓީކް” ޝޯވގެ ޓްރެއިލަރގައި ލަމް ބުނެލައެވެ.

ބައިސްކޯފުން އުފައްދައި ގެނެސްދިން ރާއްޖޭގެ ފުރަތަމަ ސިޓްކޮމްގެ އަންހެން ލީޑުން ފެނިގެންދިޔަ ހުނަރުވެރި އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) ގެނެސްދޭ މި ޝޯވ އަކީ މީގެ ކުރިން ލަމް ގެނެސްދިން “ލަމްސް ކިޗަން” ޝޯވގެ ތީމަށް، އެހެނަސް ސެލެބްރިޓީންގެ ފެހުމުގެ ހުނަރުވެރިކަން މަޖާ މާހައުލެއްގައި ވާދަވެރިކޮށް ދައްކައިލުމަށް ގެނެސްދޭ ރިއަލިޓީ ޝޯވއެކެވެ.

އާއްމުކޮށްފައިވާ ޓްރެއިލަރުން ރާއްޖޭގެ މަޝްހޫރު އަންހެން ފަންނާނުންގެ ތެރެއިން ގިނަ މޫނުތަކެއް ފެނިގެންދެއެވެ. އޭގެ ތެރޭގައި ޝީލާ، ރިޝްމީ، ރިޝްފާ، ޝިފާ ނިޢުމާ، އާޝާ، ޢައިޝަތު ޢަލީ، ހުނަރުވެރި ޕްރެޒެންޓަރ މިޒްނާ، ނުޒުހަތުގެ އިތުރުންވެސް މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދެއެވެ.

މި ޝޯވތައް ބައިސްކޯފު ފޯނު އެޕްލިކޭޝަން އަދި ޓީވީ އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top