ބިލާލް (އަފްރާހް) އަކީ ދީނީ އިލްމުވެރިއެކެވެ. ދީނީ ގޮތުން އާންމުން އިތުރަށް ހޭލުންތެރި ކުރުމަށް ޒިންމާވާ އެންޖީއޯއެއްގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެންޖީއޯގެ މައިގަނޑު ފޯކަސް އޭރިއާއަކީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުގެ މައުޟޫއާ ގުޅޭގޮތުން ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.
މިގޮތުން ގައްޔޫމް (ޔޫޝައު) ގެ އެހީތެރިކަމާއެކު ބިލާލް އަށް ފަރަހް (އައްޒަ) ގާތަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެހީތެރިވެ އެވެ. ބިލާލް ފަރާހާއާ ބައްދަލުކޮށް އޭނާ ފަރާތުން ޚިދުމަތް ހޯދުމަށް ފައިސާ ދެއްކުމަށްފަހު އޭނާގެ ހާލަތާއި މިމަސައްކަތް ކުރަނީ ކީއްވެގެންތޯ ސުވާލު ކުރެއެވެ.
އާޚިރުގައި ބިލާލް ފަރަހާއަށް ދެނީ ދުވަހަކުވެސް އެއްވެސް ކަސްޓަމަރަކު އޭނާއަށް ދީފައި ނުވާ ހުށައެޅުމެކެވެ. މިހެންވެ ސުވާލަކީ މި ހުށަހެޅުމަށް ފަރަހާ ޖަވާބެއް ދެނީ ކިހިނެއްތޯއެވެ. ފިލްމު ބަލައިލުމުން މި ސަސްޕެންސް އެނގިގެންދާނީ ބެލުންތެރިންނަށް ހައިރާންކަމެއް ދެމުންނެވެ.
”ހަށި“ މިއީ ހުނަރުވެރި، މަދު ތަރިންތަކެއް ބޭނުންކޮށްގެން ކުޅެފައިވާ އިބްރަތްތެރި، މޮޅު ފިލްމެކެވެ. މީޑިއާނެޓް ކުރު ފިލްމު މުބާރާތުގައި ބައިވެރިކޮށްފައިވާ މި ފިލްމު މީޑިއާނެޓްގެ ވީޑިއޯކްލަބުން ބަލައިލެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





👏👏👏👏