ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ “ޒަޚަމް” ފަށަނީ

ޕާކިސްތާނު ޑްރާމާ ސިލްސިލާ “ޒަޚަމް” މާދަމާ ރޭ ފަށާގޮތަށް ނިންމައިފިއެވެ.

އާޣާ ޢަލީ އާއި ސެހަރް ޚާން އިސް ރޯލުތަކުން ފެނިގެންދާ “ޒަޚަމް” ގެ އިތުރު ތަރިންގެ ތެރޭގައި އަޒްފަރް ރަޙްމާން، ސިދްރާ ނިއާޒީ، ކަމްރާން ޖީލާނީ، ރުބީނާ އަޝްރަފް އަދި ސަނާ ފަޚަރް ހިމެނެއެވެ.

“ޒަޚަމް” ގައި ކިޔައިދޭނީ ބަދަލު ހިފުމެއްގެ އަމާޒަކަށް ވެގެންދާ އަރީޖް ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ދިރިއުޅުމުގައިވާ އަނިޔާ އާއި ވޭނާއި ނާއުންމީދުގެ ވާހަކައެވެ.

ރިދާ ބިލާލް ލިޔެ، ސައީދު ރަމީޝް ރިޒްވީ ޑައިރެކްޓްކޮށްފައިވާ “ޒަޚަމް” އަކީ ﷲޢަބްދު ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން އުފައްދާފައިވާ ޑްރާމާއެކެވެ.

މާދަމާ ރޭ ރާއްޖެ ގަޑިން 21:00 ގައި ޖީއޯ ޓީވީއިން “ޒަޚަމް” ދައްކަން ފަށާއިރު، ކޮންމެ ރެޔަކު އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ‘ހަރް ޕަލް ޖީއޯ” އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top