ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް މި ދިޔަ ހުކުރު ދުވަހު ރިލީޒްކުރި ‘ބިރުވެރި ވާހަކަ’ ސީރީޒްގެ “މަސް ދަތުރު 01″ން މި ސީރީޒަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ރަހަގަނޑު ރަނގަޅުކޮށްލައިފި އެވެ.
ޒުވާނުންތަކެއް ކުރާ މަސްދަތުރެއްގައި ދިމާވާ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ މި އެޕިސޯޑުން މި ސީރީޒްގެ ކުލަވަރު މުޅިން ބަދަލުކޮށްލާފައިވަނީ ވަރުގަދަ މަޝްހޫރު ދެ ފަންނާނުން މީގައި ވަރުގަދަ ރޯލަކުން ދައްކާފައިވުމާއި ވާހަކައިގެ މިސްރާބު ބަދަލުވަމުންދާން ފަށާފައިވާ ގޮތުންނެވެ.
މަޝްހޫރު އެކްޓަރު އަޙްމަދު ސަޢީދު އަދި މަޝްހޫރު އެކްޓްރެސް މަރްޔަމް އައްޒަ ވަރުގަދަ ކެރެކްޓަރއަކުން ދައްކާލާފައިވާއިރު، މިހާރު ހަމަ ކޮންމެ ރޯލެއްވެސް މޮޅަށް ކުޅެމުން އަންނަ ޢާއިޝަތު ނަތާޝާ ޖަލީލް ވެސް ފެނިގެންދަނީ ހަމަ އެހާމެ ވަރުގަދަ ރޯލަކުންނެވެ.
“މަސް ދަތުރު 01″ގެ މާގިނަ ވާހަކަތަކެއް ތިލަކޮށްލައިފި ނަމަ މި އެޕިސޯޑްގެ ކުރިމަރައިލެވޭނެތީ އިހަށް އެ ވާހަކަ ބާއްވާނަމެވެ.
ޢާއިޝަތު ރަޒާން ރާމިޒް، ޢަލީ އުސާމް (ދޮނާ)، ޝާރިފް އަދި ނަދީހްގެ އިތުރުން މި އެޕިސޯޑުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ މަޝްހޫރު މޭކަޕް އާޓިސްޓް ޙުސައިން ހާޒިމް (ސޭންޑީ) ދައްކާފައިވާ ތަފާތު އަދި މޮޅު އެކްޓިން އެވެ. މީގެ ކުރިން މިފަދަ ރޯލެއް ސޭންޑީ ކުޅެފައި ނެތްއިރު، މީގައި އޭނާ ދައްކާފައިވަނީ ވަރަށް އަސްލާ އެއްގޮތް އެކްޓިންއެއްކަން ފާހަގަކޮށްލެވުނެވެ.
ނަތާޝާ ޖަލީލް އަދި މަރްޔަމް އައްޒަ މި އެޕިސޯޑްގައި ފެނިގެން ގޮސްފައިވަނީ ކުރިއަށް ހުރި އެޕިސޯޑްތަކުން އެމީހުންގެ ކެރެކްޓަރގެ މިސްރާބު ބަދަލުވެގެންދާނެ ގޮތަކާމެދު ސުވާލު އުފައްދާ ފަދަ ގޮތަކަށެވެ. މީގެ އިތުރުން މި އެޕިސޯޑުގައި މީގެ ކުރިން ދައްކާފައިވާ މި ސީރީޒްގެ އެޕިސޯޑްތަކުގައި ގޮތް ނޭނގޭ ގޮތަށް މަރުވެފައިވާ މީހުންނާއި އެކިއެކި ހާލަތްތައް ދިމާވި މީހުންގެ މައްސަލަތައް އެއް މައްސަލަ އަނެއް މައްސަލައާ ގުޅިފައިވާކަން މި އެޕިސޯޑުގައި ފާހަގަކޮށްފައިވެ އެވެ.
މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި އެޕިސޯޑ ބިނާކޯށްފައިވަނީ ރައްޓެހިންތަކެއް މަސް ދަތުރެއްގައި ގޮސް އުޅެނިކޮށް ދިމާވާ ގޮތް ނޭނގޭ އާދަޔާޚިލާފު ކަމެއްގެ މައްޗަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!