ޕަވަރބޭންކެއްގައި އަލިފާން ރޯވުމުން އެރޯފްލޮޓް މަތިންދާބޯޓަކުން އިމަޖެންސީގައި މީހުން ބާލައިފި އެވެ.
https://youtu.be/tYlbfX6z70k
ރަޝިޔާގެ ވޮލްގޮގްރަޑް ސިޓީގެ އެއަރޕޯޓެއްގައި ބޯޓް ޖެއްސިވަގުތު ޕަވަރބޭންކެއްގައި އަލިފާން ރޯވެ އަދަމުން ދަނިކޮށް ފަސިންޖަރެއް ކޮށްފައިވާ ވީޑިއޯ އިން ފެންނަގޮތުން ބޯޓް ތެރޭގައި ދުންތައް ފެތުރިފައި ވެއެވެ. އަދި ފަސިންޖަރުން ފރންޖަހައިގެން އަލިފާން ނިއްވުމަށް މަސައްކަތްކުރާތަންވެސް ފެނެއެވެ.
އެރޯފްލޮޓް އޭ320 މީހުން ބޭލީ އިމަޖެންސީ ސްލައިޑުންނެވެ. މިއަދު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ފަސިންޖަރެއް ގެންގުޅު ޓެބްލެޓާއި ޕަވަރބޭންކް ގައި ރޯވެ ހިނގި މި ހާދިސާ ތަހްގީގް ކުރަމުންދާ ކަމަށް ކަމާބެހޭ އިދާރާ ތަކުން ބުނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
