ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންތޮލޮޖީ ސީރީޒްގެ ފުރަތަމަ ބައި “ނޮސްޓަލްޖިއާ”ގެ ޝޫޓިން ޖުލައި 20ވަނަ ދުވަހު ފަށައިފި އެވެ. މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.

“ނޮސްޓަލްޖިއާ މިއީ ޑާކް ރެއިން އެންތޮލޮޖީ ސީރީޒްގެ އެޕިސޯޑް އެކެއް. އަޅުގަނޑުމެން މި ބަލަނީ ފަސް އެޕިސޯޑް ކަމަށް ފުރަތަމަ ސީޒަންގަ.” ޝޫޓިން ފަށާފައިވާ “ނޮސްޓަލްޖިއާ”ގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ހާމަކުރި އެވެ.

މި ސީރީޒް ކެމެރާކުރަނީ އާއިމް ޒަރީރު އެވެ. އާއިމް އަކީ ވީކޭ_ޕީކާރޒްގެ ކޮންޓެންޓް ކްރިއޭޓަރެކެވެ. އާއިމްގެ މަސައްކަތަށް ތަޢުރީފުކުރަމުން މޮގާ ބުނީ އާއިމް އަކީ މަސައްކަތަށް ރަނގަޅު ހުނަރުވެރި ޒުވާނެއް ކަމަށެވެ.

އާއިމް އަށް ލިބުމު މި ފުރުޞަތާމެދު ބުނަނީ ކީކޭތޯ މުނިއަވަސް އިން އޮޅުންފިލުވަައިލީމެވެ.

“ވަރަށް އުފާވެރި ތަޖުރިބާއެއް. އެންމެންވެސް ވަރަށް ފްރެންޑްލީ. ދެން އަޅުގަނޑަކީ މިކަމަށް ކުޑަކޮށް އާ މީހަކަށްވި ނަމަވެސް އަޅުގަނޑު ދޭ ސަޖަސްޝަންސް ތައް ބަލައިގަނޭ. އައި އެންޖޯއިޑް ދަ ޝޫޓިން.” އާއިމް އަށް މި ލިބުނު ފުރުޞަތާމެދު ހިތްހަމަޖެހިފައި ހުރި މިންވަރު އޭނާގެ ޓެކްސްޓް މެސެޖުންވެސް ފެންނަ ކަހަލަ އެވެ.

“ނޮސްޓަލްޖިއާ” ނުވަތަ މާޒީގެ ހަނދާންތައް، މި އެޕިސޯޑުގެ އިސްރޯލުން ފެނިގެންދާނީ އަޙްމަދު ޝާރިފް އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މީގެ އިތުރުން ކުދިކުދި ރޯލުތަކުން އިތުރު ފަރާތްތައް ފެނިގެންދާނެ އެވެ.

މި ސީރީޒްގެ އިތުރު އެޕިސޯޑުތަކުން މަރްޔަމް މަޖްދާ (މަޖޫ)، އާދަމް ރިޒްވީ (ރެކްސް) ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.