ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްރެއިންގެ ފޭނުންނަށް “ޑާކްރެއިންޝޯޓްސް” – ފުރަތަމަ ދެނީ “ދައުވަތު”

ރާއްޖޭގެ އެންމެ ވަރުގަދަަ، އެންމެ މަޤްްބޫލު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ‘ޑާކްރެއިންޝޯޓްސް’ގެ ނަމުގައި ކުރު ފިލްމުތަކެއް ގެނެސްދިނުމަށް މަސައްކަތް ފަށައިފިއެވެ. އެގޮތުން، “ދައުވަތު”ގެ ނަމުގައި އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކުރު ފިލްމުގެ ޕޯސްޓަރެއް ޑާކްރެއިން އިން ވަނީ އާއްމުކޮށްފައެވެ.

ޑާކް ރެއިންް އިން ބުނީ މިއީ އެ ޕްރޮޑަކްޝަންގެ ވަފާދާރު ފޭނުންނަށް ގެނެސްދޭ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ކުރު ފިލްމުތަކެއް ކަމަށެވެ. މި ފިލްމުތައް ރިލީޒްކުރާނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލްގައެވެ.

މިއީ ޑާކް ރެއިން އާއިލާއާއި އެކުގައި ތިބެ އެ އާއިލާގެ މަސައްކަތްތަކަށް އަބަދުވެސް ސަޕޯޓްކުރުމުގައި ދެމިތިބޭތީ ޝުކުރުވެރިވުމަށް ގެނެސްދޭ ކުރު ފިލްމުތަކެއް ކަމަށްވެސް އެތަނުން ބުނެއެވެ.

މީގެ އިތުރުން މިފަދަ މަސައްކަތެއް ކުރުމުގެ އަނެއް ބޭނުމަކީ އިގްތިސާދީގޮތުން މިއަދު މި އޮތް ހާލަތުގައި ފަންނާނުންނަށް ސަޕޯޓެއް ދިނުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށްވެސް ޑާކް ރެއިން އިން ބުނެއެވެ.

ޑާކްރެއިންޝޯޓްސް އިން މިއަދު އާއްމުކޮށްފައިވާ ޕޯސްޓަރުން ފެނިގެންދަނީ އެކްޓަރ އަޙްމަދު ސުނީ އާއި މަރްޔަމް ޝިފާ (ޝިފް) ފެެނިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top