ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ކިޔާފައިވާ ‘މިރޭ ހާދަ ޗާލޭ’ ގެ ވީޑިއޯ ލަވަ މިމަހުގެ ތިނެއްވާ ހޮނިހިރު ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވަކަމަށް ރިއްފަތު ބުނެފި އެވެ.
ރިއްފަތުގެ ފޭސްބްކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖެ ޓީވީ ކުލަ ސްކްރީން ޕްރޮގްރާމްގައި އަންނަ ހޮނިހިރު ދުވަހު ލަވަ ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރިއްފަތު ކިޔާފައިވާ މި ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ ޒުވާން ބަޠަލާ މަލީހާ (މަލް) އާއި ރިއްފަތެވެ. އަޙްމަދު އިސްމާޢިލް ގެ ޅެންވެރިކަން އެކުލެވޭ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ކޮއްކޮ އެވެ.
ލަވައިގެ ކެމެރާކޮސްފައިވަނީ ޒާހިރު އަދި ދަބާ އެވެ. ޑައިރެކްޓްކޮށްފައިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. ޕްރޮޑިއުސަރަކީ މުޙައްމަދު ރިއްފަތެވެ.
ކިޔުންތެރިންގެ ޚިޔާލު
