ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި ޑީޕިކާ އަކީ މިހާރު ހޮލީވުޑް ގެ ފިލްމުތަކުން ފެންނަމުން އަންނަ ދެ ތަރިންނެވެ. އާލިއާ ބަޓް ވެސް ހުޅަނގަށް ގޮސް މަސައްކަތްކުރަން ބޭނުންވާ ކަމަށްވަނީ ބުނެފައެވެ.
”ލިބޭ ރޯލެއްގެ ގޮތުން، ދާން ބޭނުން. ނަމަވެސް އަދި މިހައިތަނަށް އެފަދަ ހުށައެޅުމެއް ނުލިބޭ. މިވަގުތު އަހަރެން ބޭނުންވަނީ ބޮލީވުޑް ގައި އަހަރެންގެ މަސައްކަތަށް ފޯކަސް ކޮށްގެން އުޅެ ރަނގަޅަށް ފައިތިލަ ސާބިތުކޮށްލަން. އެއަށްފަހު އެހެން ދިމާއަކަށް ދާން ވިސްނާނީ.
ފިލްމު އުފެއްދުންތެރިޔާ މަހޭޝް ބަޓް ގެ 22 އަހަރުގެ ދަރިފުޅު، އާލިއާ ބަޓް ބޮލީވުޑް އިން ވިދާލާފައިވަނީ ކަރަން ޖޯހަރުގެ ފިލްމު، ސްޓޫޑެންޓް އޮފް ދި ޔަރ އިންނެވެ. އޭގެ ފަހުން ފިލްމު ހައިވޭ، ޓޫ ސްޓޭޓްސް އަދި ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ އިން އޭނާ ވަނީ ފާހަގަ ކޮށްލެވޭފަދަ ހުނަރުތަކެއް ދައްކާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




