މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޑައިރެކްޓަރ/ޕްރޮޑިއުސަރ ފާތިމަތު ނަހުލާ (ނަހޫ) އެންމެ ފަހުން ރިލީޒްކުރި ދެ ފިލްމު ‘ބޮސް’ އަދި ‘4426’ އަނެއްކާވެސް އިތުރު ޝޯތަކެއް ދައްކަން ނިންމައިފިއެވެ.

ފިލްމު 4426 އަކީ ނަހޫގެ އެންމެ ފުރަތަމަ ބިރުވެރި ފިލްމެވެ. 4426 ގެ ތަރިންނަށް ބަލާއިރު، ޔޫސުފް ޝަފިީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހުމަދު ޒިޔާ، ޖިމީ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.

4426 އަަޅުވަން ހަމަޖެހިފައި ވަނީ މާރިޗް މަހުގެ ދެ ވަނަ ދުވަހު އެވެ.

ފިލްމް ‘ބޮސް’ އަކީ މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމްވެގެން ގޮސްފައި ވަނީ ގިނަ ބަޔަކު ރޮއްވާލި ފިލްމަކަށެވެ.

އައިޝަތު ރިޝްމީ ޑައިރެކްޓްކުރި ‘ބޮސް’ އަކީ ނަހުލާގެ އަސަރުގަދަ ލޯބީގެ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ކުޅެފައިވަނީ މަރިޔަމް އައްޒަ އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި މުހައްމަދު ޔުނާން އެވެ.

ބޮސް އެޅުވުމަށް ހަމަޖެހިފައި ވަނީ މާރިޗް މަހުގެ އެއް ވަނަ ދުވަހާއި ތިން ވަނަ ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.