ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެފްއޭގެ 16 ވަނަ އަހަރީދުވަސް ފާހަގަކުރަނީ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ 16 ވަނަ އަހަރީދުވަސް، ކުލަގަދަ ހަފުލާއަކާއެކު ފާހަގަކުރުމަށް ތައްޔާރުވާން ފަށައިފި އެވެ. މަޢުލޫމާތު ލިބިފައިވާގޮތުން އެމްއެފްއޭގެ އަހަރީދުވަސް ފާހަގަކުރުމަށް އަމާޒުހިފާފައިވަނީ އެމްއެފްއޭގެ އަހަރީދުވަސް ކަމަށްވާ އޯގަސްޓް 14 ވަނަ ދުވަހު އެވެ.

މުނިއަވަސްއަށް އެނގިފައިވާ ގޮތުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބާއްވާ މި ހަފުލާގައި ފިލްމީ ދާއިރާއަށް ޚިދުމަތްކޮށްފައިވާ ބައެއް ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނަށް އަލަށް އިންތިޚާބުކުރި ހިންގާ ކޮމެޓީއާއި އާއްމު މެންބަރުން ގުޅިގެން މި އިވެންޓްގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަންވެސް އެނގިފައިވެ އެވެ. އެގޮތުން މި އިވެންޓްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިސްނަގާފައިވާ ފިލްމީ ފަންނާނުންނާއެކު މިމަހު 07 ވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top