ދިވެހި ކަރޯކޭ ވީޑިއޯ ލަވަތަކަށް މަޝްހޫރު ޔޫޓިއުބް ޗެނަލްގެ ލަވަތައް އެއް ތަނަކުން ގެނެސްދިނުމަށް “މައިސަން ކަރޯކޭ” ޓެލެގްރާމު ޗެނަލެއް ލޯންޗްކޮށްފި އެވެ. މި ޗެނަލް ލޯންޗްކުރީ މި އަހަރު މިނިވަން ދުވަހު އެވެ. “މައިސަން ކަރޯކޭ” ޓެލެގްރާމު ޗެނަލް ލޯންޗްކުރުމުގެ މަގުސަދަކީ ރާއްޖޭގައި ފުރަތަމަ އުފެދުނު ދިވެހި ކަރޯކޭ ޗެނަލްގެ އުފެއްދުންތައް އެންމެހާ ބޭފުޅުންނަށް ފަސޭހައިން ލިބޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށް އެ ޗެނަލުން ބުނެ އެވެ.

“މީގެ އިތުރުން، ޝައުޤު ހުންނަ ފަރާތްތަކަށް ޗެނަލްގެ އަޕްޑޭޓްސް، އުފެއްދުންތައް، އެއްވެސް ކަމަކާ ޗެނަލްއާ މުއާސަލާތުކުރަން ބޭނުންވެއްޖެ ނަމަ އެކަމަށްވެސް މަގުފަހިކޮށްދިނުން.” މައިސަން ކަރޯކޭ އިން ބުންޏެވެ.

މައިސަން ކަރޯކޭ ޓެލެގްރާމް ޗެނަލް ލިންކް

މައިސަން ކަރޯކޭއަށް އެންމެހާ ބޭފުޅުންގެ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް ފުރުޞަތު އޮންނާނެ ކަމަށާ އެކަމަށް މަރުޙަބާކިޔާ ކަމަށްވެސް މައިސަން އިން ބުނެ އެވެ.

އުމުރުން 46 އަހަރުގެ މައިސަން، “މައިސަން ކަރޯކޭ” ގެ ނަމުގައި ދިވެހި ކަރޯކޭ ވީޑިއޯ ހިމެނޭ ޔޫޓިބް ޗެނަލެއް ފެށީ މި 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ގައެވެ. “މައިސަން ކަރޯކޭ” ގައި ހިމެނެނީ މިހާތަނަށް ރިލީޒް ކޮށްފައިވާ ދިވެހި ލަވަތަކުގެ ތެރެއިން ހިތްގައިމު ކަރޯކޭ ވީޑިއޯ ލަވަތަކެކެވެ.

މި ޗެނަލްގައި ހިމެނޭ ކަރޯކޭ ލަވަތަކުގެ އަދަދު މިހާރު އުޅެނީ 940 އިން މަތީގަ އެވެ. 4190 އަށް ވުރެން ގިނަ މީހުން މިހައިތަނަށް މި ޗެނަލް ސަބްްސްކްްރައިބްކޮށްފައިވެ އެވެ.

”މައިސަން ކަރޯކޭ“ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.