ހުނަރުވެރި އެކްޓްރެސް އަދި ނެށުންތެރިޔާ ފާޠިމަތު ފަރީލާ ޕްރޮޑިއުސްކޮށް ޓްވެންޓީފޯރ އެންޓަޓެއިންމެންޓްސް އިން ގެނެސްދޭ “ހިއްސު” ވެބް ސީރީޒް ބައިސްކޯފުން ދައްކަން ފަށައިފި އެވެ. ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ސްކްރީންޕްލޭ އަކަށް އިސްމާޢީލް ޝަފީޤް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިމަހު 11 ވަނަ ދުވަހުގެ ރޭ ބައިސްކޯފުން ސްޓްރީމްކޮށްފައިވެ އެވެ.
“ހިއްސު”ގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ހުނަރުވެރި އެކްޓަރު އިބްރާހީމް ޖިހާދު (ޖިމީ)، މުޙައްމަދު ރިފްޝާން (ރިއްޕެ)ގެ އިތުރުން، އަލަށް ތަޢާރަފުވާ ފާޠިމަތު ސުޖާނާ، މުޙައްމަދު އަދި މޯލްޑިވިއަން މެޖީޝަންގެ ގޮތުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރާފިޢު މުޙައްމަދު (މެޖީޝަން ރާއްޕެ) އެވެ.
“ހިއްސު”ގެ ޕްރޮޑަކްޝަން މަސައްކަތަށް ބަލައިލާއިރު، ސީރީޒް ކެމެރާކޮށްފައި ވަނީ ޝިވާޒް (މާސްކޭ) އެވެ. ސައުންޑް ޑަބިންގ ހެދީ އަޙްމަދު ޒިޔާ އެވެ. ބެކް ސްކޯރ ހެދީ އައްޔުމަން ޝަރީފެވެ. ސީރީޒްގެ ޕްރޮޑަކްޝަން މެނޭޖަރަކީ އިސްމާޢީލް ޝަފީޤު އެވެ.
ކްރައިމް ސަންޕެންސް ތުރިލާ “ހިއްސު” މިއީ ޓްވެންޓީފޯރ އެންޓަޓެއިންމެންޓްސް އިން ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް އަދި މާސްކޭ ސްޓޫޑިއޯ އާއި ގުޅިގެން އުފައްދާފައިވާ ސީރީޒެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!