މުޖުތަމަޢުގައި ހުރި ފާހަގަކޮށްލެވޭ އެކިއެކި ކަންކަމާމެދު މަޢުޟޫ ކަނޑައަޅައިގެން ހަފުތާގެ ހޮނިހިރުދުވަހުގެ ރޭ 10:30 “އިޙްތިރާމީ ދެބަސްވުން” ގެނެސްދޭނީ މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) އަދި މުނިއަވަސްގެ ރިޕޯޓަރ/ޕްރެސެންޓަރ ލައިނާ އިބްރާހީމް އެވެ.
މިއީ ދެބަސްވެވޭ މަޢުޟޫތަކަށް އިޙްތިރާމާއެކު ވާހަކަދައްކައި، ކަންކަމުގެ އެކޮޅާއި މިކޮޅު، އެފުށާއި މިފުށް ގެނެސް ހާމަކޮށްދޭނެ ޕްރޮގްރާމެކެވެ.
ޕްރޮގްރާމުގައި އެހުންތެރިންނަށް ބައިވެރިވެވޭނެ އެވެ.
މުނިއަވަސްގެ ހުރިހައި ޕްރޮގްރާމުތަކުގައިވެސް ކަނޑައަޅާފައިވާ މިންގަނޑުތަކުން ބޭރުނުވެ ޚިޔާލުފާޅުކުރެއްވުމަށް އަޅުގަނޑުމެން މަރުހަބާކިޔަމު އެވެ.
ކިޔުންތެރިންގެ ޚިޔާލު
