ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު ޑައިރެކްޓްކުރާ ދެވަނަ ފިލްމު “އެމަޖެންސީ”ގެ މުހިންމު ރޯލަކަށް މަހީމާ ޗޯދަރީ ހަމަޖައްސައި، މި ފިލްމުގައި މަހީމާ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ. މަހީމާ ފެނިގެންދާނީ ލިޔުންތެރިޔާ ޕުޕުލް ޖަޔާކަރްގެ ކެރެކްޓާއިންނެވެ.
ކަންގަނާ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅޭ “އެމަޖެންސީ” ގައި އަނުޕަމް ކުޅެނީ ޖަޔަޕްރަކާޝް ނާރަޔަންގެ ރޯލެވެ. ފިލްމު “އިޤްބާލް”ގެ އެކްޓަރ ޝްރެޔާސް ތަލްޕަޅޭ ކުޅެނީ ނިޔާވެފައިވާ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ރޯލެވެ.
އިންދިރާ ގާންދީގެ ހަޔާތުގައި ޕުޕުލް ޖަޔާކަރްގެ މުހިންމު ދައުރާމެދު ވާހަކަދައްކަމުން ކަންގަނާ ބުނީ ޕުޕުލް ޖަޔާކަރް އަކީ އިންދިރާ ގާންދީގެ ހަޔާތުނާމާ ލިޔުނު ލިޔުންތެރިއާ ކަމަށާ އިންދިރާ ގާންދީގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. “ގާންދީގެ ހުރިހާ ސިއްރު ވާހަކަތަކެއްވެސް އޭނާއާ ހިއްސާކުރެއްވި. ގާންދީގެ ދިރިއުޅުމުގެ އެންމެ އެތެރެއާ ގުޅުވައިލަދޭނެ ރޮދިފަށަކީ ޕުޕުލް ޖަޔާކަރް.”
މި ކެރެކްޓަރ ކުޅެން ލިބުމުން އުފަލުން ހުރި މަހީމާ ބުނީ “އެމަޖެންސީ”ގެ ހުންގާނުގައި ކަންގަނާ ހުރުން އެއީ ވަކީން ބޮޑަށް އޭނާ އުފާވާ ކަމެއް ކަމަށެވެ.
“ކަންގަނާއާ އެކުގައި މަސައްކަތްކޮށްލުން ވެގެން ދާނީ ރަނގަޅު ތަޖުރިބާއަކަށް. މި ފިލްމުގައި ކަންގަނާ ކުޅެނީ މުހިންމު ސިޔާސީ ލީޑަރެއްގެ ރޯލަށް ވެފައި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރަނީވެސް ޚުދު ކަންގަނާއަށް ވުމުން އެނގިގެންދަނީ ކަންގަނާ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުކަން. އެކަމުގެ ސަބަބުން އަހަންނަށް ވެސް އިތުރަށް ހިތްވަރު ލިބޭ.” މަހީމާ ފާހަގަކުރެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!