ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެޖެންޓް 1600” އާއެކު ނަހޫ އާއި މޫސާ ވަސީމް ގެ ކުޅަދާނަ ހުނަރުތަކެއް!

އެލައިޑް އިންޝުއަރެންސް ގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ތައާރަފް ކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް “އިންޝުއަރެންސް އެޖެންޓެއް” (އެޖެންޓް 1600) އާއެކު ނަހޫ އާއި މޫސާ ވަސީމް ގެ ކުރު ފިލްމެއް ރިލީޒްކޮށްފި އެވެ.

މި ވީޑިއޯ އާއިމެދު އެލައިޑުން ބުނީ ނަހޫ އެޖެންޓް1600 އަށް ވުމަށްޓަކައި މޫސާ ވަސީމް، ނަހޫ އަށް އެހީވާގޮތް ބަލައިލުމަށެވެ. އަދި ފޭސްބްކް މެދުވެރިކޮށް އޭނާ (ނަހޫ) އަށް ހައި ޖަހައި ވާހަކަދެއްކޭނެ ކަމަށް ބުނެފައިވެއެވެ. އަދި ވައިބަރ އާއި ޓެލެގްރާމް ގެ އެހީގައިވެސް އޭނާ އާއި ވާހަކަދެއްކޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެޖެންޓް 1600 އަކީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ކަސްޓަމަރުންގެ ސުވާލުތަކަށް އަމިއްލަ އަށް ޖަވާބު އިންޓެލިޖެންޓް ބޮޓެކެވެ. މިހާރު އެ ބޮޓުގެ ހިދުމަތް ވައިބާ، ފޭސްބުކް މެސެންޖާ އަދި ޓެލެގްރާމުން ލިބޭނެ އެވެ. މި ބޮޓުގެ ހިދުމަތް ލިބޭނީ އެލައިޑުގެ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ އޭޖެންޓް 1600 ސާޗް ކުރުމުންނެވެ.

ނަހޫ އަކީ މޯލްޑިވިއަން އައިޑަލް ގެ ތެރެއިން ދެއްކި އެލައިޑް އިޝްތިހާރުތަކުން ކުއްލިއަކަށް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ހުނަރުވެރި ފަންނާނެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top