ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޫސާ ވަސީމް އަދި ޔާލާގެ ޑްރާފްޓްސް އަށް ބޮޑު ތަރުހީބެއް

ބައިސްކޯފުން ދައްކަމުން އަންނަ ކާމިޔާބު ޓޯކް ޝޯވ “ޑްރާފްޓްސް”ގެ “ޑްރާފްޓްސް ޖޫނިއަރ” އެޕިސޯޑްތަކުން މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ މޫސާ ވަސީމާއި އޭނާގެ ދަރިފުޅު ޔާލާ ހިމެނޭ އެޕިސޯޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޑްރާފްޓްސް ޖޫނިއަރގެ މި އެޕިސޯޑުން މޫސަ އާއި ޔާލާ އާ ދެ ބަފައިންގެ ދެމެދުގައި ދައްކާ ލޯބި ވާހަކަތަކަށް ގިނަބައެއްގެ ސަމާލުކަން ދަމައިގެންފައިވެއެވެ.

ބައިސްކޯފުން އާއްމުކޮށްފައިވާ މި އެޕިސޯޑްގެ ޓްރެއިލާ ފެށޭ ހިސާބުގައި ފެންނަނީ ޔާލާ އަކީ މޫސަގެ ފުރަތަމަ ދަރިފުޅަށް ވުމުން މޫސަގެ ހުރިހާވެސް މީހަކީ އެއީ ކަމަށް ބުނާ މަންޒަރެކެވެ. ޖަވާބުގައި ޔަލާ ބުނީ އޭނާ އަށް އެކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން މޫސަ އޭނާގެ ދަރިފުޅު ކައިރިން މޫސަ އަށް އޭނާގެ އަނބިމީހާ ދޫނި ކިޔަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެއީ ލޯބިވާތީ ކަމަށް ބުނެއެވެ.

މޫސައަށް އޭނާގެ ދަރިފުޅުގެ ކިބައިން ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށް ވެސް މި އެޕިސޯޑްގައި ބުނެއެވެ. އެހެން ބުނުމުން “ޔުނިކޯން” ފަދަ އެއްޗެހިތޯ އަހައި ޔާލާ ސުވާލުކުރެއެވެ. ޖަވާބުގައި މޫސަ ބުނީ އޭނާއަށް ދަސްވީ ހަމައެކަނި ޔުނިކޯން ނޫން ކަމަށާއި، އެ ނޫނަސް ވަރަށް ގިނަ ކަންކަން ޔަލާގެ ފަރާތުން ދަސްވި ކަމަށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/baiskoafu/videos/397028441672826″ poster=”http://www.muniavas.com/wp-content/uploads/2021/07/Moosa-yala.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top