ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުވާ” އެއް ނުނިމޭ – ފާތިމަތު ނަހުލާ

ބައިސްކޯފާއި މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ ގުޅިގެން އުފެއްދި ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ފުރަތަމަ ސީޒަން، ރޭ ނިންމާލާފައިވާއިރު، އެ ސީރީޒް އަދި ނުނިމޭކަމަށް ނަހޫ ބުނެފިއެވެ.

ނަހޫގެ ފޭސްބްކްގައި ލިޔެފައިވާ ދިގު އަދާހަމަ މެސެޖެއްގައި ފައިސަލް އާއި ނަހޫގެ ފަރާތުން ބުނީ ‘ހުވާ އެއް ނުނިމޭ’ ކަމަށެވެ.

“އަހަރެންގެ އެފްބީ އިންބޮކްސް ފުރިޖެއްޖެ އެތަކެއް މެސެޖުތަކާއި ހިތާމަވެރި މޫނު ދައްކައިދޭ އިމޯޖީތަކުން (ސޭޑް ފޭސް އިމޮޖީސް). ރޭގަ އަހަރެން އިންނަން ޖެހުނު ހަތަރޭއް ޖަހަންދެން ހޭލާ. ފިލްމެއް ޕްރިމިއާކުރާ ރެއެއްގަވެސް މިހެނެއް ނުވޭ.” ވެބް ސީރީޒް ހުވާގެ ސީޒަން ފިނާލޭއަށް ފަހު ނަހޫއަށް ލިބެމުންދިޔަ ގިނަ އަދަދެއްގެ މެސެޖްތަކާބެހޭގޮތުން ނަހޫ ބުންޏެވެ.

“އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބޭނުންވަނީ މުނިފޫހިފިލުވުމުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސްދިން މި މަންސަ ގާއިމުކުރީތީ ބައިސްކޯފަށް ޝުކުރުއަދާކުރަން.” ބައިސްކޯފުގެ އެންމެ އިސްވެރިޔާ މިރޫ އަށް ނަހޫ ޝުކުރުއަދާކުރީ ރާއްޖޭގައި އަލަށް އުފެެއްދި ވެބް ސީރީޒް އުފެއްދުމުގެ ފުރުޞަތު އޭނާއަށް ދިންކަން ފާހަގަކުރަމުންނެވެ.

“އަހަރެން މި ސީރީޒް ހެދުމަށް އެއްބަސްކުރުވީތީ، މި ދިގު ސީރީޒްގެ ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މުޙައްމަދު ފައިސަލަށް ބޮޑު ބޮޑު ‘ހަގް’އެއް ދެން، ތިޔައީ އަގުހުރި މީހެއްކަން ސާބިތުކޮށްދިފި. އެހީއަކަށް ބޭނުންވި ކޮންމެ ހިނދެއްގައި އެހީވީތީ ޔޫސުފު ޝަފީޢު އާއި ރަވީ ފާރޫގަށް ޝުކުރިއްޔާ. މިފަހުން ދިމާވި ދަތި ދަނޑިވަޅުތަކުގައި އަހަންނަށް ސަޕޯޓްދޭން ތިބީތީވެސް ޝުކުރުވެރިވަން.” ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒްގައި އެހީތެރިވެދިން ފަރާތްތައް ހަނދާންކުރަމުން ނަހޫ ބުންޏެވެ.

“ސިނަމޮޓޮގްރާފާ ދަބާ ކޮށްދިން ހިތްގައިމު ރީތި މަސައްކަތަށް ޝުކުރިއްޔާ. މި ޕްރޮޖެކްޓްގެ މެދެއްހައި ހިސާބުން ހަސަން އާދަމް (މޭކަޕް ހަސަން) ގުޅުނު ނަމަވެސް ތިޔައީ ލެއްވި ރަހުމަތެއް. ޑަބްކުރުމުގެ މަސައްކަތުގައި އަޒްމީލް އަޒޭ އެތަކެއް ރެއެއް ހޭދަކޮށްދިނީތީ ޝުކުރިއްޔާ. ހިތުންފިލުވައިނުލެވޭފަދަ ހިތްގައިމު ލަވަތަކެއް ކިޔައިދިނީތީ އިބްރާހިމް ޒައިދު، މުޙައްމަދު ތޭރަ، އަޝްފާ، ޝަލަބީ އަށް ޝުކުރިއްޔާ. ‘ފަޗޫ އުއިޗް’ ހަދައިދިން ބެކްސްކޯ ވަރަށް ފުރިހަމަ. އެންމެފަހުން، އެހެނަސް އެންމެ ބޮޑަށް ފާހަގަކޮށްލާނީ ހުރިހައި ބަޠަލުންނާއި ބަޠަލާއިން މި ޕްރޮޖެކްޓަށް މި ލިބުނު ބޮޑު ކާމިޔާބީއަށް ވާޞިލުވުމަށް ވީ ބޮޑު ގުރުބާނީ. ތިޔަ އެންމެންނާ ނުލައި، “ހުވާ” އެއް ނުހެދުނީސް. މި ވޭތުވެދިޔަ 10 މަސްދުވަހު، “ހުވާ” އަށް އިންތިޒާރުކޮށްކޮށް ތިބި އަހަރުމެންގެ ފޭނުންނަށް މިލިޔަނުން ޝުކުރުވެރިވަން. ބައިސްކޯފާ އެކުގައި ތިއްބަވާ، އިތުރަށް އުފެއްދުންތައް އަންނަން އެބަހުރި.” ނަހޫގެ ދިގު މެސެޖް ނިންމައިލީ ބެލުންތެރިންނަށް އުފާވެރި ޚަބަރު ދެމުންނެވެ.

https://www.facebook.com/Huvawebseries/videos/1628458293967341/

“ހުވާ” އަކީ ފާތިމަތު ނަހުލާ ލިޔެ، ނަހޫ އާއި އެކްޓަރު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދިން 82 އެޕިސޯޑްގެ ވެބް ސީރީޒެކެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން މި ސީރީޒްގައި ރާއްޖޭގެ މަޝްހުރު ފަންނާނުންނާއި ކުރިއަރަމުން އަންނަ ފަންނާނުން ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Huvaa mibunee6 އަހަރު ކުރިން

Fahu episode in mauroof nufenuneema v dheravi. He is the man aslu. Minha and mauroof and Azim ge story v kamudhiya and Ganim and suha v molhu. Dhivehi film and series balan v foohi. Ekam this is the best. Azim is so sweet mi series ga

Nahu ge fan eh6 އަހަރު ކުރިން

Azza ge lhiyanaa ekee loabi ge bai kulhe gaigoalhi baithah kulheythee varah balan undhagoovey. Kithanme chemistry match viyas fenna konme faharku hithah araa ehen.

Haha6 އަހަރު ކުރިން

Aslu Hama Vara habeys igey ekam makurukon genes dheythi dhogu kohlan feney

Wafa6 އަހަރު ކުރިން

Azim as minha varah loabin ulheythan balahivey and others

Home
Menu
Search
Back to top