ޔެޓީ އާއި ވައްތަރު ކްރިޕްޓިޑްސް، ބިގްފުޓް، ވެއަރވުލްވްސް، އެލް ޗަޕަކަބަރާ، މޮތުމޭން، ދަ ޖާރޒީ ޑެވިލް ނުވަތަ ލޮޗް ނެސް މޯންސްޓަރ އަކީ އުޅޭކަމަށް ކިޔައި އުޅޭ މަޚުލޫގުން ތަކެކެވެ. ކައްޑެވި، ހާމުންޑި، ބޮޑު ކުކުޅު، ބަޑިއެދުރު ފަދަ ދިގު ލިސްޓެއް ދިވެހީންގެ ތެރޭގައިވެސް ކިޔައި އުޅެއެވެ. މިއީ އުޅޭކަމަށް ކިޔާ މަޚުލޫގުން ތަކެކެވެ. ނަމަވެސް މިކަމުގެ ސައިންޓިފިކް ހެއްކެއް ފެންނާން ނުހުންނަ މަޚުލޫގުން ތަކެކެވެ. މިފަދަ އާދަޔާޚިލާފު މަޚްލޫގުންގެ ވާހަކަތައް ފެންމަތިވަމުން އަންނައިރު، ޖަނަވާރުންގެ ލިސްޓަށް އައު ނަސްލެއް އިތުރުވެދާނެ ކަމަށް މިހާާރު ގަބޫލުކުރެވެ އެވެ. މިގޮތަށް ގަބޫލުކުރެވެން ދިމާވީ މި ހަފުތާ ތެރޭގައި އިންޑިއާގެ ފިހާރައެއްގެ ތެރެއަށް ވަދެ އުޅުނު އާދަޔާޚިލާފު މަޚުލޫގެއް ފެނި އޭގެ ވީޑިއޯ އާއްމުވި ފަހުންނެވެ.
ޓްވިޓާގައި އާއްމުވެގެން ދިޔަ މި ވީޑިއޯއިން ފެންނަނީ ދެކުނު އިންޑިއާގެ އަވަށެއްގެ ފިހާރައެއްގައި ހުރި ލަކުޑި ހަރުގަނޑަކަށް އާއްމުކޮށް ނުފެންނަ ޖަނަވާރެއް އަރާ މަންޒަރެވެ. ޓައިމްސް އޮފް އިންޑިއާއިން ބުނާގޮތުން މި ޖަނަވާރާމެދު އާއްމުންގެ އެތަކެއް ރައުޔަތަކެއް ދެމުން އަންނައިރު، މި ޖަނަވާރުގެ އަސްލާއި ނަސްލެއް އަދި އެނގިފައި ނުވާ ކަމަށެވެ.
މި ޖަނަވާރުގެ ބޯ ވައްތަރީ މީދަލަކާއެވެ. ކެހެރި ނެތް ދިގު ހަށިގަނޑު ވައްތަރީ ކެހެރި ނެތް ބުޅަލަކާ އެވެ. ނަމަވެސް ބުޅަލުގެ ނިގުލަށް ވުރެން ދިގު ނިގުލެއް އެސޮރަށް ލިބިފައިވެ އެވެ. ބައެއް މީހުން ބުނާގޮތުން އެއީ މިނިކާވަގު އާއިލާގެ ވައްތަރެއް ކަމަށްވާ ކެހެރި ނެތް ހައިނާއެއް ކަމަށެވެ. އަލިފާނުގެ ހާދިސާއަކުން ކެހެރިތައް ގޮސްފައިވާ މޮންގޫސް އެއްގެ ގޮތުގައިވެސް ބައެއް މީހުން އެސޮރު ސިފަކޮށްފައިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




