ބެލުންތެރިންނަށް ރީތި އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑް ބަތަލާ މަދޫރީ ޑިކްސިޓްގެ ކުރިއަށް އޮތް ފިލްމު “މަޖާ މާ” އަންނަ އޮކްޓޫބަރު 06ގައި ރިލީޒްކުރަން ނިންމައި އެ ފިލްމުގެ ރަސްމީ ޕޯސްޓަރުވެސް އާއްމުކޮށްފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމާފައިވާ މި ފިލްމަކީ ސުމިތު ބަތޭޖާގެ ސްކްރީންޕްލޭއަކަށް އާނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި އާއިލީ ކޮމެޑީގެ ކާސްޓްގައި ގަޖްރާޖް ރާއޯ، ރިތުވިކް ބޯމިކް، ބަރްކާ ސިންގް، ސުރިޝްތީ ސްރިވަސްތާވް، ޝީބާ ޗައްޑާ، ރަޖިތު ކަޕޫރް އަދި ސިމޯން ސިންގް ހިމެނެއެވެ.
“މަޖާ މާ” ގައި ދައްކާނީ ފިރިހެން ދަރިއެއްގެ ކައިވެންޏަށް މަންމަޔަކު ވަމުން އައި ތައްޔާރީތަކާއި އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެވެ.
އަމްރިތުޕާލް ސިންގް ބިންދްރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޕްރައިމް އިން ދެއްކި ކާމިޔާބު ރޮމޭންޓިކް ޑްރާމާ ސީރީޒް “ބޭންޑިޝް ބޭންޑިތު” އަށްފަހު ޕްރައިމް ވީޑިއޯއާއިއެކު ސިންގް މަސައްކަތްކުރާ ދެވަނަ ފަހަރެވެ.
މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް މި އަހަރުގެ ކުރީކޮޅު ޕްރީމިއާކުރި ވެބް ސީރީޒް “ދަ ފޭމް ގޭމް” އިންނެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނަށްފަހު ދެ ވަނަ ސީޒަން ނުހަދާން ނެޓްފްލިކްސް އިން މިހާރު ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!