ލަވަކިޔުންތެރިޔާ ތަބީޝް ހޮނިހިރު ދުވަހުގެ ވަގުތެއްގައި އޭނާގެ އިންސްޓަގްރާމްގައި ވަނީ އޭނާގެ އާ ލަވަ އިއުލާނު ކޮށްފައެވެ. “އިޝްޤް ހޯގަޔާގެ” ނަމުގައި ރިލީޒް ކުރާ މި ލަވައިން ފެނިގެންދާނީ އެންމެންގެ މަޤުބޫލްކަން ހޯދާފައިވާ ފަހްމާން ޚާން އަދި ސުމްބުލް ތައުޤީރެވެ. މިދެމީހުންގެ އޮންސްކްރީން އަދި އޮފް ސްކްރީން ކެމިސްޓްރީ ވަނީ އެންމެނަށް ކަމުގޮސްފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ތަބީޝް ޕާޝާ ވަނީ ފަހްމާން ޚާން އަދި ސުމްބުލް ތައުޤީރު އޭނާގެ އައު ލަވައިން ފެނިގެންދާނެކަން އިއުލާނުކޮށްފައެވެ. މި ޚަބަރަކީ އެ ދެމީހުންގެ ފޭނުންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ.

“އިޝްޤު ހޯގަޔާ” މި ލަވައިގެ ޕޯސްޓަރު ނެރެ ލަވައިގެ ވާހަކަތައް އާއްމު ކޮށްފައިވަނީ އިމްލީގެ ސީޒަން 1 ގެ ފަހު އެޕިސޯޑަށް ފަހުގައެވެ.

އިންސްޓަގްރާމަށް ޕޯސްޓަރ ޝެއާކުރަމުން ތަބީޝް ލިޔެފައިވަނީ “އެއް ވާހަކަ ނިމުމާއެކު އަނެއް ވާހަކަ. މިއީ ރީތި ވާހަކަ އެއްގެ ފެށުމެއް. ލޯބިވާން ޖެހޭނީ ނަވްރާތުރީގެ ސީޒަންގަ. އިންތިޒާރު ދިގެއް ނުވާނެ.” ކަމަށެވެ.

ހަމައެއާއެކު ފަހްމާން ޚާން އޭނާގެ އިންސްޓަގްރާމަށް ޕޯސްޓަރ ހިއްސާ ކުރަމުން ލިޔެފައިވަނީ ވައުދުވެފައިވާ ފަދައިން، އެހާ ގިނަ ދުވަހު އަހަރެމެންގެ ހަނދާނުގައި ތިބޭކަށް ނުޖެހޭނެ. މި ގެނެސްދެނީ ތަބީޝް ޕާޝާގެ ލަވަތަކުގެ ތެރެއިން އަހަރެން އެންމެ ގަޔާވާ އެއް ލަވަ. މި ލަވައިގެ ފަހަތުގައި ވާ ވާހަކަ އެހާމެ ސަޅިވާނެ. އަޑުއަހާލަން ވާނެ.”
ކަންވަރު ދިލަން، މާންސީ ސްރިވާސްތަވާ، މެގާ ރޭ ވަނީ މި ޕޯސްޓުގެ ކޮމެންޓު ތަކުގައި އެ ދެމީހުންނަށް މަރުހަބާ ކިޔާފައެވެ.

ފަހުމާން އާއި ސުމްބުލް ވެސް އެކުގައި ފެނިގެންދަނީ ފޭނުން ޝައުގުވެރިވާ ގޮތަކަށްކަން ޕޯސްޓަރުން އެނގިިގެންދެއެވެ. މި ލަވައަކީ ނަވްރާތުރީ ޓްރީޓަކަށް ވާނެ ކަމަށާއި، އޭގެ ރާގުތަކަށް މީހުން ނަށާނެ ލަވައަކަށް ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ތާބިޝް ޕާޝާއަކީ “ޕިޔާ ރެ” ، “ޗަލޯ”، “ޖީ ކަރްދާ އޭ”، “އަދޫރާ”، “ޖާދޫ”، “ކިޔު ޚުވާބް ދިކާ އޭ”، “އެކް ރާހް”، “އިންތިހާ” އަދި “ޗައްޓިސް އައުރް މައިނާ” ފަދަ ލަވަތަކުން އެތައް މިލިއަން ހިތްތަކެއް އަތުލާފައިވާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

ތާބިޝް ކިޔާފައިވާ “އިޝްޤް ހޯގަޔާގެ”ގެ ލިރިކްސް އަކީ ހިމަންކް ކަލާލްގެ ލިރިކްސް އެކެވެ.

 

View this post on Instagram

 

A post shared by Tabish Pasha (@tabish_pasha)

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު އިމްޝާ އަޙްމަދު
އާމިނަތު އިމްޝާ އަޙްމަދު
މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.