ގާލިބު (ރަވީ ފާރޫޤް) ވެސް އުޅެނީ އެ ”ފޮށި“ އޭނާގެ އަތްދަށަށް ގެނެވޭތޯއޯ އެވެ. ގޮތް ނޭނގޭ އާދަޔާޚިލާފު މަރުތަކެއްގެ ތަހުގީގަށް ފުލުހުންގެ ތެރެއިން އެކުލަވާލާފައިވާ ޚާއްޞަ ޓީމުންވެސް ބޭނުންވަނީ އެ ”ފޮށި“ ހޯދުމަށެވެ. އެ ހޯދައިގެން މެނުވީ ހިނގަމުން އަންނަ އާދަޔާޚިލާފު ކަންތައްތައް ހުއްޓުވޭކަށް ނެތެވެ. ފުލުހުންގެ މަސައްކަތަށް އެހީތެރިކަން ހޯދުމުގެ ގޮތުން އާސާރީކަންތައްތައް ބަލައި ހޯދަމުން އަންނަ މީހެއް ކަމަށްވާ ޔޫސުފް (މުޙައްމަދު މަނިކް)ގެ އެހީތެރިކަންވެސް ވަނީ ހޯދަން ފަށާފަށެވެ.
މިދިޔަަ ހުކުރު ދުވަހުގެރޭ ޕްރިމިއާކުރި ”ފޮށި“ އެޕިސޯޑުން ގިނަ ކަންތައްތަކެއް ހިނގާފައި ވާއިރު، މި ސީރީޒްގައި ދައްކަމުން އަންނަ ޖިންނިއެއް ކަމަށްވާ ގާލިބު އެހީތެރިކަން ފުލުހުންގެ ޓީމަށް ފޯރުކޮށްދޭން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ސަބާ (ނުޒުހަތު ޝުޢައިބް) މެދުވެރިއަކަށް ވެގެން ފުލުހުންގެ ޚާއްޞާ ޔުނިޓްގެ އިދާރާތެރެއަށް ވަން ގާލިބު އެ ބުނި ފަދައިން އަމަލުކޮށްފާނެބާވަ އެވެ؟
ދިމާހް (ސާމީ ޙުސައިން)ގެ ޒަރީއާއިން އެ ”ފޮށި“ ހާސިލުކުރުމަށް މަސައްކަތް ކުރަން ފަށާފައި އެ ވަނީ ކޮން ޖިންނިއެއްބާވައޭވެސް މި އެޕިސޯޑު ނިމޭ ހިސާބުން ސުވާލު އުފެދެއެވެ. ދިމާހް އަށް އެ ގޮވަނީ ކާކުބާވައެވެ؟ ޖިންނިއެއްގެ ގޮތަށް އަޑު އިވިގެން އެދަނީ ދިވެހި ފިލްމީ ދާއިރާގެ ކޮން ފަންނާނެއްގެ އަޑުބާވައެވެ؟ އެޕިސޯޑު ނިމި ކްރެޑިޓްސް ބައިގައިވެސް އެ ފަންނާނުގެ ނަން ހިމަނާފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް އެޕިސޯޑާއި ދެމެދުގައި ސަންޕެންސް ބޮޑުވެގެންދާ ކަމަކަށް މިކަން މިވަނީ ވެފައެވެ. އަނެއްކޮޅުން އުފެދޭ ސުވާލަކީ އެއީ ގާލިބު ބާވައެެވެ؟ ނުވަތަ އެ ”ފޮށި“ ތެރެއިން ނުކުމެގެން އުޅޭ އެހެން ޖިންނިއެއްބާވައެވެ؟
މި އެޕިސޯޑުން ލަހޫ (މަރްޔަމް އައްޒަ) އަށް ގާލިބު ފެންނަން ފެށުމުން މިވަނީ އަނެއްކާވެސް އިތުރު ސަސްޕެންސެއް އުފެދިފައެވެ. އޭގެ އިތުރުން ނިޝާ (ނަތާޝާ ޖަލީލް) އާއި ލަހޫއާ ދެމެދު އޮތް ހިތްނުތަނަވަސްކަމުގެ އަސްލަކީ ކޮބައިކަންވެސް މި އެޕިސޯޑުން އެނގިގެއްދެއެވެ.
ކޮންމެއަކަސް ’ބިރުވެރި ވާހަކަ“ ސީރީޒްގައި މުހިންމު ދައުރެއް އަދާކުރާ ޚާއްޞަ ”ފޮށި“ އެއީ ކޮންފަދަ ފޮށްޓެއްކަން މި އެޕިސޯޑުން ކޮންމެވެސް ވަރަކަށް މިވަނީ އެނގިފައެވެ. ނަމަވެސް އެޕިސޯޑު ނިމުނު ހިސާބުން، ފޮށީގެ ކަންތައްގަނޑު އަދި ކުރިއަށް އޮތީކަން އެނގިގެންދެ އެވެ.
’ބިރުވެރި ވާހަކަ“ ސީރީޒަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ސީރީޒެކެވެ. ކުރިއަށް އޮތް އެޕިސޯޑަކީ ވަރުގަދަ އެޕިސޯޑަކަށް ވެގެންދާނެކަން އިލްޔާސްގެ ވާހަކައިން އެނގެއެވެ.
”ކުރިއަށް އޮތް އެޕިސޯޑް ވިޝުއަލީ ވަރަށް ހަބޭސްވާނެ.““ ޒުވާން ޑައިރެކްޓަރ ޒުވާން ބަހުރުވައިން ކުރިއަށް އޮތް އެޕިސޯޑާމެދު ބުނެލިއެވެ. ނަމަވެސް ކުރިއަށް އޮތް އެޕިސޯޑަށް ފަހު، ދެ ހަފުތާގެ މެދުކެނޑުމެއް ގެންނާނެ އެވެ. އޭގެ ފަހުން އޮތީ ސީޒަން ފިނާލޭ ކަމަށްވެސް އިއްލެ ފާހަގަކުރި އެވެ.
’ބިރުވެރި ވާހަކަ‘ ބަލައިލެވޭނީ ހަމައެކަނި ދިރާގުޓީވީ އާއި ދިރާގުޕްލޭ ވީޑިއޯ-އޮން-ޑިމާންޑު މެދުވެރިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް




