ބައިސްކޯފުން އިންތިޒާމް ކޮށްގެން މި މަހު 28 ގައި ބާއްވާ ’ޗަނާޗާ‘ ޝޯއަށް ތައްޔާރު ހެއްޔެވެ؟ މިއީ ދިވެހި ފަންނާނުންގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވަން އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބައިސްކޯފުން ބާއްވަމުން އަންނަ ސިލްސިލާ މިއުޒިކް ޝޯއެކެވެ.
”ޗަނާޗާ 2022“ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޓްރެކް ދަނޑުގައެވެ. ’ޗަނާޗާ 2022‘ ޝޯގައި ބައިވެރިވާ ބޭންޑްތަކާ އެކު ބައިސްކޯފުން ސޮއިކުރީ މިމަހު04 ވަނަ ދުވަހު އެކަމަށްޓަކައި ބައިސްކޯފުގައި ބޭއްވި ޚާއްޞަ އިވެންޓެއްގައެވެ.
ބައިސްކޯފުން ބުނިގޮތުގައި މިފަހަރު ’ޗަނާޗާ‘ ވެގެން ދާނީ ބައިވެރިވާ ބޭންޑްގެ އަދަދަށް ބަލާ އިރު މިހާތަނަށް ބާއްވާ އެންމެ ބޮޑު ޝޯއަށެވެ. މިފަހަރުގެ ޝޯވގައި 11 ބޭންޑުން ބައިވެރިވެފައިވެ އެވެ.
މިފަހަރުގެ ޗަނާޗާގައި ފެނިގެންދާނީ:-
1- ޓްރެފިކް ޖޭމް
2- ރެވިއޯ
3- ސިމްބޮލިކް ރެކޯޑްސް
4- އަޗޭސިއާ
5- އީކުއެޓިކް ވައިބް
6- ފަސީ ލައިވް
7- އަންޔަ
8- ކޭޖޭ ވިތު ހަމްބަލް ބަކަރި
9- ޔާނީ ވިތު ހަމްބަލް ބަކަރި
10- ތަސް ވިތު ހަމްބަލް ބަކަރި
11- ބޮކިޓޯސް ވިތު ހަމްބަލް ބަކަރި
ޗަނާޗާ ޝޯވ އެންމެ ފުރަތަމަ ބޭއްވީ 2018 ވަނަ އަހަރެވެ. އަދި އޭގެފަހުން 2019 ވަނަ އަހަރުވެސް ފޯރިގަދަ ޗަނާޗާ ޝޯވއެއް ބޭއްވިއެވެ. މިއީ ދިވެހި މިއުޒީޝަނުންގެ ހުނަރު ދައްކާލުމުގެ އިތުރުން އެމީހުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެކެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ހުޅުވާޅި ޕްލެޓްފޯމެކެވެ.
ދިވެހި ފަންނާނުންގެ ފަރާތުން ފޯރިގަދަ ހުށެހެޅުންތަކެއް މި ޝޯގައި ފެނިގެންދާނެ ކަމަށް ބައިސްކޯފުން ބުނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




