ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ދެވަންސޫރަ’ މިރޭ ނައިފަރުގައި ދައްކަނީ

ޔޫސުފް ޝަފީޢު ލިޔެ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ފިލްމު ‘ދެވަންސޫރަ’ މިރޭ ޅ. ނައިފަރުގައި ދެއްކުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ.

އަޙްމަދު ޝާހް އަލީ އާއި ޢަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ  ‘ދެވަންސޫރަ’ އިގައި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވި މަރިޔަމް ޝިފާ ވެސް މިވަގުތު ހުރީ އޭނާގެ އުފަން ރަށް ނައިފަރުގައި ކަން ‘މުނިއަވަސް’ އަށް ވަނީ އެނގިފަ އެވެ.

މިއަހަރު ރިލީޒް ކުރެވުނު ފުރަތަމަ ފީޗާ ފިލްމު ‘ދެވަންސޫރަ’ އަކީ ސަސްޕެންސް ތްރިއްލާ އެކެވެ. މި ފިލްމުގެ މުހިންމު ބައިތަކުގައި ނަން ހިނގާ 21 ތަރިން ވަނީ ހަރަކާތްތެރި ވެފައެވެ.

ނައިފަރުގެ އިތުރުން މިރޭ މި ފިލްމު ލ. މާވަށުގައާއި އިތުރު ބައެއް ރަށްރަށުގައިވެސް ދައްކާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top