ބޮލީވުޑްގެ ޒުވާން ބަތަލާ ޓައިޓްލް ރޯލުން ފެނިގެންދާ ”މިލީ“ ގެ ޓީޒަރއެއް ދައްކާލައިފިއެވެ.
ފްރީޒަރެއްގެ ތެރޭގައި ބަންދުވާ ”މިލީ“ ނަމަކަށް ކިޔާ އަންހެންކުއްޖަކު ދިރިހުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމުގައި ޖާންވީގެ އިތުރުން ލީޑުން ފެނިގެންދާނީ ސަނީ ކޯޝާލް އާއި މަނޯޖް ޕެހްވާއެވެ.

ޒީ ސްޓޫޑިއޯސްގެ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައިވާ 48 ސިކުންތުގެ ޓީޒަރގައި ޖާންވީގެ މޮޅު އެކްޓިންގއެއް ފެނިގެންދާއިރު، މިއީ ޖާންވީގެ ކެރިއަރުގެ އެންމެ މޮޅު އެކްޓިންގއެއް ފެންނާނެ އެއް ފިލްމުކަމަށް ފިލްމު ކްރިޓިކުން ބުނެފައިވެއެވެ.
ބޮނީ ކަޕޫރް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ ”މިލީ“ އަކީ ރިތޭޝް ޝާހްގެ ސްކްރީންޕްލޭއަކަށް މަތުކުޓީ ޒޭވިއާރ ޑައިރެކްޓްކޮށްފައިވާ ސަވައިވަލް ތުރިލާކެވެ. މިއީ 2019 ގައި އޭނާ ގެނެސްދިން މަލަޔާލަމް ފިލްމު ”ހެލެން“ ގެ ހިންދީ ރީމޭކެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ހަސްލީން ކައުރް، ރާޖޭސް ޖައިސް އަދި ސަންޖޭ ސޫރީވެސް ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާ ”މިލީ“ ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 4 ގައި ސިނަމާތަކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




