ހުނަރުވެރި އެކްޓްރެސް އަދި ނެށުންތެރިޔާ ފާޠިމަތު ފަރީލާ ޕްރޮޑިއުސްކޮށް ޓްވެންޓީފޯރ އެންޓަޓެއިންމެންޓްސް އިން ޔޫއްޕެ ޕްރޮޑަކްޝަންސް އަދި ޝައި ޕްރޮޑަކްޝަންސް އާއި ގުޅިގެން އުފައްދާފައި ކުރު ވެބް ސީރީޒް “ބައްދަލް” ބައިސްކޯފުން ދައްކަން ފަށައިފި އެވެ. ހުނަރުވެރި އެކްޓަރ އިބްރާހީމް ޖިހާދު (ޖިމީ) ޑައިރެކްޓްކޮށްފައިވާ “ބަދަލް”ގެ ފުރަތަމަ އެޕިސޯޑް ޕްރިމިއާކުރީ މިމަހު 13 ވަނަ ދުވަހުއެވެ.
މާބުރުގެ އުސޫލުން އުޅެމުން އަންނަ ފިރިހެނެއްގެ ހަޔާތަށް ކުރިމަތިވާ ނާމާން ކަންތައްގަނޑެއް މި ސީރީޒުން ފެނިގެންދާނެ ކަމަށް، ފުރަތަމަ އެޕިސޯޑް ބަލައިލުމުން ސިފަކުރެވެއެވެ.
“ބައްދަލް”ގެ ލީޑް ތަރިންގެ ތެރޭގައި އަޙްމަދު އީސާ (އާނަންދު)، ފާޠިމަތު ސުޖާނާ، ޝިމާ، މުޙައްމަދު އަފްރާހް އަދި ޒެކް ހިމެނެ އެވެ.
ސީރީޒް އުފެއްދުމުގެ މަސައްކަތަށް ބަލާލާއިރު،، ސިނަމޮޓޯގްރަފީ ހަދާފައިވަނީ ޒިފާފް (ޒިއްޕެ)، ޝިވާޒް (މާސްކޭ) އަދި ފައިސަލް އެވެ. ބެކްސްކޯ ހެދީ އައްޔުމަން ޝަރީފް އެވެ. ސްކްރީންޕްލޭ ލިޔުނީ ހުނަރުވެރި އެކްޓަރ/ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. ޑަބްކުރީ އަޙްމަދު ޒިޔާ އެވެ.
ސީރީޒްގެ ޕްރޮޑަކްޝަން މެނޭޖަރަކީ އިސްމާޢީލް ޝަފީޤު އެވެ.
މީގެ ކުރިންވެސް ޓްވެންޓީ ފޯރ އެންޓަޓެއިންމެންޓްސް އިން ވަނީ މިފަދަ ކުރު ވެބް ސީރީޒްތަކެއް ބައިސްކޯފުގައި ރިލީޒްކޮށްފަ އެވެ. އެގޮތުން “ހިއްސު” އަަދި “ބޭބީ” އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ސީރީޒްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!