ބިލާލް ލަޝާރީގެ “ދަ ލިޖެންޑް އޮފް މައުލާ ޖަޓް” ރިލީޒްކުރިތާ ފުރަތަމަ ހަފުތާގައި 3.6 އެމެރިކާ ޑޮލަރު (80.8 ކްރޯޑް ޕާކިސްތާނު ރުޕީސް) ހޯދައި ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.
“ދަ ލިޖެންޑް އޮފް މައުލާ ޖަޓް”ގެ ޕްރޮޑިއުސަރުން ކަމަށްވާ އެންސައިކްލޮޕީޑިއާ، ލަޝާރީ ފިލްމްސް އަދި ޓްރިޕްލް އޭ މޯޝަން ޕިކްޗާސްއާއި ފިލްމުގެ ޑިސްޓްރިބިއުޓަރުން ކަމަށްވާ ޕާކިސްތާނުގެ މަންޑިވައްލާ އެންޓަޓެއިންމެންޓް އަދި ބޭރު ގައުމުތަކަށް ފިލްމު ޑިސްޓްރިބިއުޓްކުރާ މޫވީގޯޒް އެންޓަޓެއިންމެންޓުން މި ބޮޑު ކާމިޔާބީ އިޢުލާނުކޮށްފައިވެ އެވެ. އެމީހުން ބުނެފައިވަނީ ޕާކިސްތާނާއި ބޭރުގެ މާކެޓްތަކުގައި ފިލްމު ވަރަށް ރަނގަޅަށް ހިނގަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުން މިހައިތަނަށް އެންމެ ބޮޑު ބަޖެޓެއް ހޭދަކޮށްގެން އުފައްދާފައިވާ ޕަންޖާބީ ބަހުގެ މި ފިލްމު ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި 510 މިލިޔަން ރުޕީސް ލިބިފަައިވެ އެވެ.
ރަސްމީ ރިޕޯޓްތައް ބުނާގޮތުން، މި ބްލޮކްބަސްޓަރ ފިލްމަށް ޑިމާންޑް އޮތް ލެއް ބޮޑުކަމުން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގެ 100އަށް ވުރެން ގިނަ ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވެ އެވެ.
ބިލާލް ލަޝާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޕާކިސްތާނުގެ އެންމެ އަގުބޮޑު ތަރިން ހިމަނައިގެން ކުޅެފައިވާ ވަރުގަދަ އާޓް ފިލްމެކެވެ. މި ފިލްމުގެ އިސް ރޯލުތަކުން، ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު އެކްޓަރ ފަވާދް ޚާން ފެނިގެންދާނީ މައުލާ ޖަޓްގެ ރޯލުންނެވެ. މާހިރާ ޚާން ފެނިގެންދާނީ މުއްކޯގެ ރޯލުންނެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ފާރިޝް ޝާފީ އަދި ޢަލީ އަޒްމަތު ވެސް ހަރަކާތްތެރިވެ އެވެ.
މި ފިލްމަކީ 1979ގައި ޔޫނުސް މާލިކް އުފައްދައި ނެރުނު “މައުލާ ޖަޓް”ގެ ރީބޫޓް ފިލްމެކެވެ. ފިލްމު ޑައިރެކްޓްކޮށް ސްކްރީންޕްލޭ ލިޔުނީވެސް ލަޝާރީ އެވެ. ޑައިލޮގުތައް ލިޔުނީ ނާސިރު އަދީބެވެ.
މި ފިލްމު ޕްރެޒެންޓްކޮށްދޭ ޕާޓްނަރަަކީ ޕާކިސްތާނުގެ އެންމެ ބިޔަ މީޑިއާ ކުންފުނި ‘ޖިއޯ ފިލްމްސް’ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި