ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ބޭޕަނާހް” ފަށަން ތައްޔާރުވެއްޖެ

ޕާކިސްތާން ޑްރާމާ ސިލްސިލާ “ބޭޕަނާހް” ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

އީޝަލް ފައްޔާޒް، ކަންވަލް ޚާން، ރައީދު އަލަމް އަދި އަލަށް ތަޢާރަފުކުރާ ޚަޤަން ޝާހްނަވާޒް އިސް ރޯލުތަކުން ފެނިގެންދާ “ބޭޕަނާހް” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނާދިޔާ ޙުސައިން، ޤައިސަރް ޚާން ނިޒާމަނީ، ސަދަފް އާޝާން، ސާޖިދު ޝާހް، ޒައިން އަފްޒަލް އަދި އަމްނާ މާލިކް ހިމެނެއެވެ.

“ބޭޕަނާހް” ގައި ކިޔައިދޭނީ މުޅިން ތަފާތު މިޒާޖެއް ހުންނަ ދެބެންގެ ދެދަރިން ކަމަށްވާ ގުލް އާއި ރުޝްނާ ނަމަކަށް ކިޔާ ދެ އަންހެންކުދިންގެ ވާހަކައެވެ. އަދި ރުޝްނާއަށް އެންމެ ކަތި ފިޔަވަޅަކުން އެ ދެމީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ “ބޭޕަނާހް” އަކީ ނުޒްހަތު ސަމަން ލިޔެފައިވާ ޑްރާމާއެކެވެ. ޑްރާމާ ޑައިރެކްޓްކުރީ “ޤުރްބަތޭން (2020)”، “ސިތަމް (2021)” އަދި “ބޭޤަދަރް (2022)” ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދިން ޑައިރެކްޓަރު ކަމްރާން އަކްބަރް ޚާންއެވެ.

25 އޮކްޓޯބަރު (އަންގާރަ ދުވަހުގެ ރޭ) ގައި ހަމް ޓީވީއިން “ބޭޕަނާހް” ދައްކަން ފަށާއިރު، ޑްރާމާގެ އާ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ރެޔަކު ރާއްޖެ ގަޑިން 19:00 ގައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top