ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޭޝަނަލް ޑާންސް ޓްރައިބަލް ފެސްޓިވަލަށް އިންޑިއާގެ ޗައްތިސްގަރަށް “ބިދަބިން”

އިންޑިއާގެ ޗަސްތިސްގަރްގައި ނޮވެންބަރު 01 އިން 03 އަށް ބާއްވާ “ނޭޝަނަލް ޑާންސް ޓްރައިބަލް ފެެސްޓިވަލް”ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް “ބިދަބިން” މި މަހު 30ގައި ފުރަން ތައްޔާރުވެފައިވާކަމަށް އެ ގްރޫޕުން ބުނެފިއެވެ.

“ދިވެހިރާއްޖޭގެ ސަގާފަތް އޭގެ އަސްލު ނުގެއްލޭނެހެން ދައްކައިދީ ދިވެހިރާއްޖޭގެ ސަގާފަތުގެ މުއްސަނދިކަން އެހެން ގައުމުތަކަށް އެންމެ ފުރިހަމައަށް ދައްކުވައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން.” “ބިދަބިން”ގެ 10 މެންބަރުން މި ފެސްޓިވަލަށް ދާން ހަމަޖެހިފައިވާކަން ހާމަކުރަމުން ބިދަބިންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އާސިމް (އާއްކޮމުނިއަވަސް އަށް ބުންޏެވެ.

ބިދަބިންއަކީ ޤައުމީ ރޫހެއްގައި ދިވެހި ޤައުމިއްޔަތަށް އިސްކަންދީގެން މަސައްކަތްކުރަމުން އަންނަ ޓީމަކަށް ވުމާއެކު މި ފެސްޓިވަލްގައިވެސް ބަލާނީ ދިވެހި ޤައުމު ތަމްސީލުކޮށް ޤައުމު ފަޚުރުވެރިވާނެ ބަޔަކަށް ވުމަށް ކަމަށާ މި ފެސްޓިވަލަށް ބިދަބިން އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށްވެސް އާއްކޮ ފާހަގަކުރިއެވެ.

މި ފެސްޓިވަލްގައި ދުނިޔޭގެ 28 ސްޓޭޓަކުންނާއި 08 ޔޫނިއަން ޓެރިޓަރީއަށް ނިސްބަތްވާ 1500އަށްވުރެން ގިނަ ފަންނާނުން ބައިވެރިވާނެ ކަމަށް ޗަަސްތިސްގަރް ޓޫރިޒަމް ބޯޑުން ބުނެއެވެ. އެގޮތުން މޮޒަމްބީކް، މޮންގޯލިއާ، ޓޮންގޯ، ރަޝިޔާ، އިންޑޮނޭޝިއާ، ދިވެހިރާއްޖެ، ސާބިއާ، ނިއުޒީލޭންޑް އަދި މިސްރަށް ނިސްބަތްވާ ނެށުންތެރިން މި ފެސްޓިވަލްގައި ބައިވެރިވާނެ އެވެ.

އިންޑިއާގެ ޗަަސްތިސްގަރް ޓޫރިޒަމް ބޯޑުން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ ރާއިޕޫރްގެ ސައިންސް ކޮލެޖް ގްރައުންޑްގައެވެ.

[robo-gallery id=”43436″]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top