ތަޢާރަފު
އަންދާ ޤާނޫނު (ކަނު ޤާނޫނު) އަކީ 1983 ވަނަ އަހަރު ބޮލީވުޑް ގައި އުފެއްދި ފިލްމެކެވެ. ޑައިރެކްޓް ކުރީ ޓީ. ރާމަ ރާއޯ އެވެ. މި ފިލްމުގައި ހެމާ މާލިނީ، ރަޖްނީކާންތު އަދި ރީނާ ރޯއީ ހިމެނެއެވެ.
މީގެ އިތުރުން އަމީތާބް ބައްޗަން އާއި މަދަވީ ހާއްސަ ފެނިލުމެއް ހިމެނިފައި ވެއެވެ. މިއީ 1981 ވަނަ އަހަރު އުފެއްދި ތަމަޅަ ފިލްމު، ސައްތަމް އޮރު އިރުއްތަރަ، އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.
ޕްލޮޓް
ޖާން ނިސާރް އަހްތަރު ޚާން އަކީ ފޮރެސްޓް އޮފިސަރެކެވެ. ޖަންގަލިން ގަސް ކަނޑައިގެން ވަގު ވިޔަފާރި ކުރާ ބަޔަކު ޚާން އަށް ރިޝްވަތު ދޭން މަސައްކަތް ކުރެއެވެ. އަދި ފަހުން އެތަނުން އެކެއް، ރާމް ގުޕްތާ، މަރާލިކަމުގެ ކުށުގައި ޚާން ދިގު މުއްދަތަށް ޖަލަށް ލެވެއެވެ. ޚާން ޖަލުގައި ހުއްޓާ، އޭނާގެ އަންހެނުންނާއި ދަރިފުޅު އަމިއްލަ އަށް މަރުވެއެވެ. ދުވަސްތަކެއް ފަހުން ޚާން ޖަލުން ސަލާމަތްވެ، ވިޖޭ ސިންގް އާ ދިމާވެއެވެ. ވިޖޭ ސިންގްގެ އާއިލާގެ 3 މީހަކު މަރާލާފައިވާތީ، އެކަމުގެ ބަދަލު ހިފުމުގެ ހަރަކާތުގައި އޭނާއާ އެކު ޚާން ބައިވެރި ވެއެވެ. ފިލުމުގައި ދައްކައިދެނީ މި ބަދަލުހިފުން ކާމިޔާބު ކުރާ ގޮތެވެ.
މުމައްސިލުން
ހެމާ މާލިނި …… އިންސްޕެކްޓަރ ދުރުގާ ދޭވީ
ރަޖްނީކާންތް …… ވިޖޭ ކުމާރު ސިންގް
ރީނާ ރޯއީ …… މީނާ ސްރިވަސްތާ
އަމީތާބް ބައްޗަން …… ޖާން ނާސިރް އަހްތަރު ޚާން
މަދަވީ …… ޒާހިޔާ ޚާން
ދަރުމެންދުރާ …… ޓްރަކް ޑްރައިވަރ
ޕްރާން …… އެންތަނީ
ޕްރޭމް ޗޮޕްރާ …… އަމަރް ނާތު
ޑެނީ ޑެންޒޯންޕާ …… އަކްބަރް އަލީ
އަމްރިޝް ޕޫރީ …… ޖައިލަރ ގުޕްތާ
އޯމް ޝިވަޕޫރީ …… ޕޮލިސް ކޮމިޝަނަރ
އާސްރާނި …… ކޮންސްޓެބްލް
https://www.youtube.com/watch?v=eZx4Nn17Rz0
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުމުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަނީ
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި




