ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ދެއްކުން ފަސްކޮށްފައިވާ ‘މޯލްޑިވިއަން އައިޑަލް’ އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ޝެޑިއުލް ކޮށްފި އެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ދައްކަން ފެށި އެންމެ ފުރަތަމަ ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މާލޭ އޮޑިޝަން ޝޯ ދައްކަން ކުރިން ހަމަޖެހިފައި ވަނީ މިމަހުގެ ދެއަކަށެވެ.
ސިޔާސީ މަޝްރަހު ހަލަބޮލިވެ ދެއްކުން ފަސްކޮށްލެވުނު ޝޯތައް އަންނަ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ދައްކާނެ އެވެ. އަދި މި ހަފްތާއަށްފަހު އައިޑަލްގެ ޝޯތައް ދައްކަމުންދާނީ ކޮންމެ ހަފްތާ ބަންދެއްގެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ 10:00 ގައެވެ.
ކިޔުންތެރިންގެ ޚިޔާލު
