ފާދިއްޕޮޅު ނައިފަރަށް ނިސްބަތްވާ ޒުވާނުންތަކެއް ގުޅިގެން “މަރިޔަމް މާ” ގެ ނަމުގައި ތައްޔާރު ކުރަމުން އަންނަ ފިލްމެއްގެ މަސައްކަތް ކުރަމުން އެބަގެންދެ އެވެ.
މި ފިލްމަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަޝްހޫރު ނަމެއް ކަމަށްވާ ޝާޒް ސައީދުގެ ސްޓޫޑިއޯ ސުޕަރ މިއުޒިކް ފެކްޓްރީ އާއި ނައިފަރުގެ ހޯމް ގެލެރީ އާޓްސް ފިލްމް ގުޅިގެން ހަދާ ލޯބީގެ ބިރުވެރި ފިލްމެކެވެ.
“މަރިޔަމް މާ” އަކީ ހަގީގީ ހާދިސާ ތަކެއްގެ މައްޗަށް ބިނާކޮށް ޝާޒް ލިޔެފައިވާ ވާހަކައަކަށް، އަލީ ސައީދު ސްކްރީންޕްލޭ ލިޔެ، ޝާޒް ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ޝާޒް ގެ ފުރަތަމަ ޑައިރެކްޝަނެވެ.
މި ފިލްމުގައި ކިޔައި ދޭނީ އިސްތިރި ވަރިތޮޅި ހަދައިގެން އަންހެން ކުއްޖެއްގެ ލޯބި ހާސިލު ކުރަން ކުރާ ކަންތައްތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މަރިޔަމް މާ ޝޫޓިންގެ ތެރެއިން – ފޮޓޯ: މަރިޔަމް މާ ފޭސްބްކް ޕޭޖް
“ލޯބީގެ ބިރުވެރި ފިލްމެކޭ ބުންޏަސް އާންމުކޮށް ދިވެހި ސިނަމާއިން މި ފެންނަ ލޯބީގެ ބިރުވެރި ފިލްމްތަކާ މި ފިލްމް ވަރަށް ތަފާތު ވާނެ. ޕްޒެޒެންޓޭޝަން ވަރަށް ތަފާތުކޮށް ފެންނާނީ،” ޝާޒާއި ހަވާލާދީ މިހާރު އޮންލައިން ބުނެއެވެ.
ފިލްމްގެ ޝޫޓިން ފެށުމުގެ ކުރިން ކާސްޓުންނަށް އެކްޓިން ވޯކްޝޮޕްތަކެއް ވެސް ވަނީ ހިންގާފަ އެވެ.
ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 15 ގައި ފަށާފަ އެވެ.
ފިލްމް ރިލީސްކުރަން ނިންމާފައިވަނީ މިމަހު ގެ ތާރީޚެއްގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!