ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް” އިން މިމަހު 14ގައި ނައިފަރު ހެއްވައިލަނީ

ކޮމެޑީ ފިލްމުން ދިވެހި ފިލްމީ އޯޑިއަންސް ހެއްވައިލުމަށް އެންމެ ކުޅަދާނަ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދައި މިމަހު ފަހެއްގައި ރިލީޒްކުރި ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” އިން މިމަހު 14ގައި ނައިފަރު ހެއްވައިލުމަށް ތައްޔާރުވެއްޖެ އެވެ.

ނައިފަރު މަލްޓިޕޯޕޯސް ބިލްޑިންގްގައި ފިލްމު ދެއްކުމަށް ތައްޔާރުވަމުން އަންނައިރު ޓިކެޓްގެ 80 އިންސައްތަ ވިކިފައިވާކަމަށް މަޢުލޫމާތު ލިބެެެއެވެ.

ނައިފަރުގައި “ފޯޓީ ޕްލަސް” އެޅުވުމަށް އިސްވެ ހަރަކާތްތެރިވާ ހައްސާނު އަލީ މިއަދު މުނިއަވަސް އަށް ބުނީ 80 އިންސައްތައަށްވުރެން މައްޗަށް ޓިކެޓް ވިކިފައިވާކަމަށެވެ.

ހައްސާނު ބުނީ ނައިފަރު ސްޕެކްޓް ފިހާރައިން ޓިކެޓް ލިބެން ހުންނާނެކަމަށެވެ. ޓިކެޓް ބްކް ކުރުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7787170 އަށް ގުޅުމަށް ހައްސާނު އެދެއެވެ.

“އެންމެ ފަހު ވަގުތު ޓިކެޓް ބައްލަވައިގަންނަވަން ތިއްބަވައިގެން ފަހުން ޓިކެޓް ނުލިބިދާނެ. އެހެންކަމުން ވީހައި އަވަހަކަށް ޓިކެޓް ގަތުމަށް އަޅުގަނޑުމެން އެދެން.” ހައްސާނު ބުންޏެވެ.

ނައިފަރުގައި “ފޯޓީ ޕްލަސް”ގެ އެންމެ ޝޯއެއް އޮންނައިރު މިހާރު ގާތްގަނޑަކަށް ހައުސްފުލްވެފައި ވާކަމަށް ހައްސާނު ބުންޏެވެ.

“ފޯޓީ ޕްލަސް” އިން ދިވެހި ފިލްމީ ދުނިޔެއަށް އިންގިލާބެއް ގެނެސްފައިވާއިރު، އަހަރުގެ ބޮޑު ފިލްމުގެ ޝަރަފާއިއެކު އޯޑިއަންސް ހެއްވައިލާ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ހޯދަމުންނެވެ.

https://www.facebook.com/notea4t/videos/295440364484733/?epa=SEARCH_BOX

“ފޯޓީ ޕްލަސް” ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top