ނެޓްފްލިކްސް އިން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ވެބް ސީރީޒް ”ދަ ކްރައުން“ގައި ދެއްކުމަށް ޑަޔާނާ އިސްލާމްވި މަންޒަރު ކުޅުނުނަމަވެސް އެ މަންޒަރު ހިމަނާފައި ނުވާކަމަށް މި ސީރީޒްގެ މުހިންމު ތަރީންގެ ތެރޭގައި ހިމެނޭ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ހުމާޔޫން ސައީދު ހާމަކޮށްފި އެވެ.
”ދަ ކްރައުން ސީރީޒް“ގެ ފަސްވަނަ ސީޒަންގައި ހުމާޔޫން ސަޢީދު ކުޅެފައިވާނީ ޑޮކްޓަރު ހަސްނަތުގެ ރޯލުކަމަށް ޕްރައިވެޓް މީޑިއާއަކާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.
ހުމާޔޫންއާ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ސީރީޒްގައި ދެއްކުމަށް ޝޫޓްކުރި މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރު އުނިކޮށްފައިވާ ކަމަށެވެ. އެ މަންޒަރުގައި ދައްކައިދެނީ ލޭޑީ ޑަޔާނާ އިސްލާމްވި ގޮތުގެ ވާހަކަތައް ކަމަށް އޭނާ ބުންޏެވެ.
ހުމާޔޫން ސައީދު ބުނީ އެ މަންޒަރުގައި ފެންނަނީ ޑޮކްޓަރު ހަސްނަތު ކައިރީގައި ހުރެ ލޭޑީ ޑަޔާނާ ރޮމުން، އޭނާ އިސްލާމްވާން ބޭނުންވާ ވާހަކަތައް ދައްކައިދޭ މަންޒަރެއް ކަމަށެވެ. ހުމާޔޫން ބުނީ އެ މަންޒަރު އުނިކުރީ އެޕިސޯޑް ދިގުކަމުން ކަމަށާ އެ މަންޒަރު އުނިކުރުމަކީ އެކަމާ އޭނާ ހިތާމަކުރާ ކަމެއް ކަމަށެވެ. ހުމާޔޫން ބުނީ އެ މަންޒަރަކީ އެ އެޕިސޯޑްގައި ދައްކަން ޖެހޭ ވަރަށް މުހިންމު މަންޒަރެއް ކަމަށެވެ.
ހުމާޔޫން ސައީދު މި ސީރީޒްގައި ކުޅެފައިވަނީ ޑޮކްޓަރު ހަސްނަތުގެ ކެރެކްޓަރ އެވެ. ޑޮކްޓަރު ހަސްނަތަކީ ޕާކިސްތާނުން ޑަޔާނާ ރައްޓެހިވި ޑޮކްޓަރެކެވެ.
”ދަ ކްރައުން“ ޑްރާމާއަކީ ކުއީން ރާނީގެ ޙަޔާތުގެ އިތުރުން އިނގިރޭސި ޝާހީ އާއިލާއި ރަސްކަމުގެ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުމުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަނީ
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި




