ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓެއް ބީބީސީން ހޮވާފައިވާއިރު، އެ ލިސްޓްގެ 100 ވަނައިގައި ޕްރިޔަންކާ ޗޯޕްރާ ހިމެނިއްޖެ އެވެ. މި ލިސްޓްގައި އިންޑިއާގެ ހަތަރު އަންހެނުން ހިމެނިފައިވެ އެވެ.
2002 ވަނަ އަހަރު އަލަތު ފިލްމުން ފެނިގެންދިޔަ ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ ވެފައިވަނީ ހޮލީވުޑްގެ ވެބް ސީރީޒެއްގައި އެންމެ ފުރަތަމަ މަސައްކަތްކުރި ބޮލީވުޑްގެ އެކްޓްރެސްއަށެވެ. އެއީ 2015ގައި ރިލީޒްކުރި “ކްއެންޓިކޯ” އިންނެވެ. މީގެ އިތުރުން ހޮލީވުޑުން އުފެއްދި ފިލްމު “އިސްންޓް އިޓް ރޮމޭންޓިކް” އަދި “ދަ މެޓްރިކްސް ރިސަރަކްޝަންސް” ގައިވެސް ޕްރިޔަންކާ ހަރަކާތްތެރިވެފައިވެ އެވެ.
ފިލްމު އުފެއްދުމަށް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް އުފައްދާފައިވާ ޕްރިޔަންކާ އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއް ކަމަށާ މީގެ އިތުރުން ތުއްތުކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެ އެވެ.
ބީބީސީން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން “ދަ މީޓޫ މޫވްމެންޓް” އަދި އަންހެނުންގެ ހައްޤުތަކަށް އަޑުއުފުލުމާއި އަންހެނުން ހިމާޔަތްކުރުމުގެ މަސައްކަތަކީވެސް ޕްރިޔަންކާ ކުރަމުން އަންނަ ކަމެކެވެ.
ދާދިފަހުން އެކުވެރި އަރަބި އިމާރާތުގެ ދުބާއިގައި ބޭއްވި “ރެޑް ސީ ފިލްމު ފެސްޓިވަލް”އިން ޕްރިޔަންކާ ފެނިފައިވެއެވެ.
ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ފަރްހާން އަޚްތަރުގެ ފިލްމަކުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!