ރާއްޖޭގެ ޤައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތް 2021 ގެ އެއްވަނަ ވާހަކައަކަށް ”ދިޔަވަތް ރަނގަޅު އޮޑި“ ހޮވިއްޖެއެވެ.
މ. ވޭވަށަށް އުފަން ޢަބްދުﷲ ފައިސަލް ހުށަހެޅި މި ވާހަކައަކީ ބޮޑުވެފައިވާ ޤައުމީ މައްސަލައަކަށް ލިޔެފައިވާ ވާހަކައެކެވެ. ޤައުމީ މުބާރާތަކަށް ވާހަކަ ހުށަހަޅަން ނިންމީ ކޮން ގޮތަކަށް ވިސްނާފައިތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން ފައިސަލް ބުނެފައިވެއެވެ.
”އަސްލު ސްކޫލުގައި ކިޔަވައިދޭން އުޅުނު ދުވަސްވަރު ދަރިވަރުންނަށް ވާހަކަ ކިޔައިދޭއިރު އެކުދިން ވަރަށް ޝައުޤުވެރިވޭ އަޅުގަނޑުގެ ވާހަކަތަކަށް. ދެން މިފަހުން މުނިއަވަސް ކްލަބްހައުސްގައި ވާހަކަ ކިޔައިދިންއިރު އެހުންތެރިންނަށްވެސް ވަރަށް ކަމުދިޔައިމަ ހިތަށް އެރީ ޤައުމީ ފެންވަރުގައިވެސް މިކަން ކުރެވިދާނެޔޭ. މިކަން ވާނީ ބަލައިލާށޭ. އެއީ އެކަން ވީގޮތަކީ.“
ވާހަކަ ހުށަހެޅިޔަސް އެއްވަނަ ލިބިދާނެކަމަށް އުންމީދު ނުކުރާ ކަމަށާއި އެއްވަނަ ލިބުމުން އެ ލިބުނު އުފާވެރިކަން ބުނެދޭން ނޭނގޭކަމަށް ފައިސަލް ބުންޏެވެ. އަދި އިތުރަށް ވާހަކަ ދައްކަމުން ފައިސަލް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަށި ހިފައިގެން ރަށަށް އައުމުން ރަށު ކައުންސިލުން އޭނާއަކީ ރަށަށް ރީތި ނަން ހޯދައިދޭ މީހެއްގެ ގޮތުގައި ސިފަކުރުމުން ވަޠަނީ ރޫޙު އޭގެ އެންމެ ފުންމިނަށް ހިތުގައި އާލާވި ކަމަށެވެ.

ކުރިއަށް އޮތްތާނގައިވެސް ޤައުމީ މުބާރާތްތަކުގައި ބައިވެރިވާން ނިންމާފައިވާކަމަށް ބުނަމުން ފައިސަލް ވަނީ ވާހަކައިގައި ސިފަކޮށްދީފައިވާ ތަންތަނުގެ މަޢުލޫމާތު ފޯރުކޮށްދިން ވ. ފެލިދޫ، ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ ބޭފުޅުންނަށާއި ވާހަކައިގެ އިމްލާ ކުށްތަށް އިސްލާޙުކޮށްދިން އިސްހާޤް ނަޢީމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ފައިސަލްއަށް މި ލިބުނު ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަމުން މުނިއަވަސްގެ ޓީމުން ފައިސަލްއަށް އިތުރު ކުރިއެރުމަށް އެދި ދުޢާކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




